އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުން އެނގުނީ ބަރުލަމާނީއަށް ތާއީދެއް ނެތްކަން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ޝަރީފް ވިދާޅުވީ އިއްޔެ ބޭއްވި ޤައުމީ މަޖިލީހުގެ އިންތިޚާބުން އެނގިގެންދިޔައީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވިސްނުން ރައްޔިތުންގެ ކިބައިގައި ނެތްކަންކަމަށެވެ. އަދި ޤައުމުގެ ބޮޑު އަޣުލަބިއްޔަތެއް ރިޔާސީ ނިޒާމަށް ތާއީދުކުރާކަން ހާމަވެއްޖެކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންވިޔަސް، ރައްޔިތުން އެގޮތް ބޭނުންނުވާކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުން ހާމަވެފައިވާކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނަގައިފިނަމަ ރިޔާސީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ފަސޭހަކަމާއެކު ކާމިޔާބުކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ލިބުނުކަމަށް ދެ ފެކްޝަނުން ބުނިކަމުގައިވިޔަސް، އެއީ ޔަޤީން ކުރެވޭ ކަމެއް ނޫނެވެ. ރައީސް ސާލިހަށް ޤައުމީ މަޖިލީހުގެ މެޖޯރިޓީ ލިބުނުކަމަށް ބުނާއިރު، ޤައުމީ މަޖިލީހަށް ހޮވުނު ގިނަ މެމްބަރުންނަކީ ބަރުލަމާނީއަށް ތާއީދުކުރާ މެމްބަރުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ބުރަ ނުވެ ވާހަކަދައްކާ ފަރާތްތަކުން ބުނަނީ ކާމިޔާބު ލިބުނު ކޮޅެއް އެނގޭނީ ގައުމީ މަޖިލީހުގައި ވާދަވެރި ކަމެއްގައި ވޯޓެއް ނެގުމުން ކަމަށެވެ.
ރައީސް ޞާލިޙަށް ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ގެންދާ މައްސަލައިގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ ވަނީ އެފަދަ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އެފަދަ ނިންމުމެއް ނިންމަން އެނގުނީ ކިހިނެއްތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.

Yesterday’s MDP GM election has proved once again that nothing has changed in the last 12 years since the last referendum to decide the system of governance in our country. A vast majority of people still prefer the presidential form of governance over a parliamentary system.
— Ibrahim Shareef (@AdduShareef) September 26, 2021
ޝަރީފް ވިދާޅުވީ ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ބަރުލަމާނީ ނިޒާމު ގެންނަން ބޭނުންވިޔަސް، ރައްޔިތުން އެގޮތް ބޭނުންނުވާކަން އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުން ހާމަވެފައިވާކަމަށެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ވޯޓެއް ނަގައިފިނަމަ ރިޔާސީ ނިޒާމަށް ތާއީދުކުރާ ފަރާތްތަކުން ފަސޭހަކަމާއެކު ކާމިޔާބުކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
recently concluded MDP-GM elections showed there isn’t that much support to change the system of governance as many devotees n hardcore supporters of President @MohamedNasheed are claiming. I hav reason to belv if a referendum is held today Presidential system will win decisively
— Ibrahim Shareef (@AdduShareef) September 26, 2021
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިހާބުގައި ކާމިޔާބު ލިބުނުކަމަށް ދެ ފެކްޝަނުން ބުނިކަމުގައިވިޔަސް، އެއީ ޔަޤީން ކުރެވޭ ކަމެއް ނޫނެވެ. ރައީސް ސާލިހަށް ޤައުމީ މަޖިލީހުގެ މެޖޯރިޓީ ލިބުނުކަމަށް ބުނާއިރު، ޤައުމީ މަޖިލީހަށް ހޮވުނު ގިނަ މެމްބަރުންނަކީ ބަރުލަމާނީއަށް ތާއީދުކުރާ މެމްބަރުންކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ބުރަ ނުވެ ވާހަކަދައްކާ ފަރާތްތަކުން ބުނަނީ ކާމިޔާބު ލިބުނު ކޮޅެއް އެނގޭނީ ގައުމީ މަޖިލީހުގައި ވާދަވެރި ކަމެއްގައި ވޯޓެއް ނެގުމުން ކަމަށެވެ.
ރައީސް ޞާލިޙަށް ގައުމީ މަޖިލީހުގެ މެޖޯރިޓީ ލިބުނު ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ގެންދާ މައްސަލައިގައި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދުކުރަށްވާ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީ ވަނީ އެފަދަ މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ އެފަދަ ނިންމުމެއް ނިންމަން އެނގުނީ ކިހިނެއްތޯ ވެސް ސުވާލު އުފައްދަވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު