އިއްޔެ ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ޕީޕީއެމްގެ ބައެއް ސަޕޯޓަރުން ވޯޓުލާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.
ޕީއެންސީގެ ނާއިބް ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ވޯޓާސް ލިސްޓުގައި ޕީޕީއެމް/ ޕީއެންސީގެ ސަޕޯޓަރުންގެ ނަންވެސް ހިމެނުނު ކަމަށާއި އަދި ބައެއް ސަޕޯޓަރުން ވޯޓު ވެސް ލައިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން މީޑިޔާ އަށް މައުލޫމާތު ދެއްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާއިން އެ ޝަކުވާ ލިބިފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވެސް އިދިކޮޅު ކޯލިޝަންގެ "ހާޑްކޯ" ސަޕޯޓަރުންގެ ނަން އެމްޑީޕީގެ ވޯޓާސް ލިސްޓުގައި ހިމަނާފައިވާކަމުގެ ޝަކުވާ ލިބިވަޑައިގެންނެވި ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ރ. މީދޫއިން ޔަގީނުންވެސް ތިން މީހަކު އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާފައިވާ ކަމަށެވެ. އެހެން ޕާޓީތަކުގެ ސަޕޯޓަރުންގެ ނަން އެމްޑީޕީގެ ލިސްޓުގައި އޮތުމާއިއެކު ވޯޓުލާން ދިއުމަކީ ކުދިކުދި ރަށްތަކުގައި މައްސަލައަކަށް ނުވާތީ އެފަދަ މީހުން ވޯޓުލާން ދަނީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިއްޔެގެ އިންތިޚާބުގައި އެގަހު ކޭލެއް، މިގަހު ކޭލެއް ނޭގުނު. މިހެންވުމުން އެމްޑީޕީގެ އަސްލު ވޯޓާސް ޓާން އައުޓް ދެނެގަންނަން ދަތިވާނެ، ޕާޓީތަކުގެ އެތެރޭގެ އިންތިޚާބަށް މި ނޫންގޮތެއް ހޯދަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި އެމްޑީޕީން ނޫން އެހެން ޕާޓީތަކުގެ މީހުން ވޯޓްލާފައިނުވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ބޭއްވި އިންތިހާބުގައި 455 މަގާމަކަށް 733 މެންބަރުން ވަނީ ވާދަކޮށްފައެވެ.

MDP iyyege voters list gai PPMPNC ge baeh supporterunge nan othumaaeku eygetherein baeh supporters voteli. "Egahu keyleh, migahu keyleh neyngunu". Mihenvumun MDP ge aslu voters turnout dhenegannan dhathivaane. Party thakuge ethereyge inthihaabuthakah minoon gotheh hoadhanjehey.
— Adam Shareef Umar (@Adamshareefz) September 26, 2021
އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުންގެ ތެރެއިން ރ. މީދޫއިން ޔަގީނުންވެސް ތިން މީހަކު އެމްޑީޕީގެ އިންތިހާބުގައި ވޯޓުލާފައިވާ ކަމަށެވެ. އެހެން ޕާޓީތަކުގެ ސަޕޯޓަރުންގެ ނަން އެމްޑީޕީގެ ލިސްޓުގައި އޮތުމާއިއެކު ވޯޓުލާން ދިއުމަކީ ކުދިކުދި ރަށްތަކުގައި މައްސަލައަކަށް ނުވާތީ އެފަދަ މީހުން ވޯޓުލާން ދަނީ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.
"އިއްޔެގެ އިންތިޚާބުގައި އެގަހު ކޭލެއް، މިގަހު ކޭލެއް ނޭގުނު. މިހެންވުމުން އެމްޑީޕީގެ އަސްލު ވޯޓާސް ޓާން އައުޓް ދެނެގަންނަން ދަތިވާނެ، ޕާޓީތަކުގެ އެތެރޭގެ އިންތިޚާބަށް މި ނޫންގޮތެއް ހޯދަންޖެހޭ." އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވި ނަމަވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އިއްޔެގެ އިންތިޚާބުގައި އެމްޑީޕީން ނޫން އެހެން ޕާޓީތަކުގެ މީހުން ވޯޓްލާފައިނުވާ ކަމަށެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްޔެ ބޭއްވި އިންތިހާބުގައި 455 މަގާމަކަށް 733 މެންބަރުން ވަނީ ވާދަކޮށްފައެވެ.
ކިޔުންތެރިންގެ ހިޔާލު