ރަށުގައި ހުރި ވަޞީލަތްތައް ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރުމަށް ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ފައިސަލް ނަސީމު މިއަދު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މިކަމަށް އެދިވަޑައިގެންނެވީ މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ނާއިބް ރައީސް ފައިސަލް ނަސީމް ފޭދޫ ކައުންސިލާ ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލު ކުރެއްވުމުގައި ތަރައްޤީއަށް އެންމެ މުހިންމުކޮށް ބޭނުންވާ ކަންކަމާއި ގުޅޭގޮތުން އެރަށު ކައުންސިލަރުން ވަނީ ނާއިބް ރައީސާ މަޝްވަރާ ކުރައްވާފައެވެެ.
މި ބައްދަލުކުރެއްވުމުގައި ފޭދޫ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ކައުންސިލު އިދާރާގެ އިދާރީ މުވައްޒަފުންގެ ދަތިކަމާއި، ބަނދަރަށް ގެންނަން ބޭނުންވާ ބަދަލުތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލަ އާއި ރަށުގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއްގެ މުހިންމުކަމާއި، ފެރީގެ ނިޒާމުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާކަންކަމާއި އަދި ރަށްގިރުމުގެ މައްސަލައިގެ އިތުރުން ފުލުހުންގެ ޚިދުމަތްފަދަ ރަށަށް ބޭނުންވާ މުހިންމު ޚިދުމަތްތަކާއި ރަށުގެ އިޖްތިމާޢީ އަދި ޢުމްރާނީ ތަރައްޤީއަށް މުހިންމު ކަންތައްތައް ހިމެނެއެވެ.
މި ބައްދަލުކުރެއްވުމުގައ ނައިބު ރައީސް ފައިސަލް ނަސީމް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް ލިބިދީފައިވާ ބާރާއި އިޚްތިޔާރުގެ ދަށުން ކަންކަން ނިންމުމުގައި އިތުރު ފަސޭހަތަކެއް ލިބިދީފައިވާކަން ފާހަގަކުރެއްވިއެވެ. ނާއިބް ރައީސް ވަނީ ރަށުގައި މިހާރުވެސް ހުރި ވަޞީލަތްތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަސައްކަތްކުރުމަށާއި އަދި ރަށުގެ ކްލަބް ޖަމުޢިއްޔާތައްފަދަ ފަރާތްތަކާ ގުޅިގެން ޢާންމު ހޭލުންތެރިކަމަށާއި މުޅި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ޕްރޮގްރާމްތައް ހިންގައި މަޢުލޫމާތު ދިނުން ފަދަ ހަރަކާތްތައް އިތުރުކުރެއްވުމަށް ކައުންސިލަރުންގެ ކިބައިން އެދިވަޑައިގެންފައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރަށުގެ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަން ޙައްލުކުރުމުގައި ސަރުކާރުގެ ކަމާގުޅޭ އިދާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމަށާއި އަދި މަޝްރޫޢުތަކުގެ މަސައްކަތްކުރިޔަށްދާ ސްޕީޑް އަވަސްކުރުމަށް ކުރެވެންހުރި ކަންކަން ސަރުކާރުން ކޮށްދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަރުންނަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު