ދުނިޔޭގެ ބޮޑެތި ގަައުމުތަކުން މޫސުމީ ފަންޑަށް ކޮންމެ އަހަރަކު ދިނުމައް މީގެ ފަސް އަހަރު ކުރިން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރު ދިނުމަށް އދ ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. އާންމު މަޖިލީހުގެ ރައީސް އަބުދު ﷲ ޝާހިދު މިކަމަށް ގޮވާލެއްވީ ދަ ގްލޯބަލް ސިޓިޒެން ލައިވް ޕްލެޓްފޯމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝާހިދު ވަނީ ދުނިޔޭގެ ބޮޑެތި ގަައުމުތަކުން މޫސުމީ ފަންޑަށް ކޮންމެ އަހަރަކު ދިނުމަށް މީގެ ފަސް އަހަރު ކުރިން ވައުދުވެފައިވާ 100 ބިލިއަން ޑޮލަރު ދިނުމަށް ގޮވާލައްވާފަ އެވެ. މޫސުމީ ބަދަލުތައް ހައްލު ކުރުމަށް އޭގެ ބޭނުންކުރަންޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުކުގެ ސަބަބުން އެންމެ ފުރަތަމަ އަސަރު ކުރާނެ ގައުމުތަކުގެ ތެރެއިން ގައުމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ މުޅި ދުނިޔެ އެކުވެގެން މޫސުމީ ބަދަލުތަކަށް ހައްލެއް ގެނައުމަށް މަސައްކަތް ނުކޮށްފިނަމަ ދިވެހި ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތައް މި ގަރުނު ނިމެންވާއިރަށް ނެތި ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

މޫސުމީ ބަދަލަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވަމުން ޝާހިދު ވިދާޅުވީ އެ ނުރައްކާ ބައެއް ގައުމުތަކަށް އިތުރަށް ބޮޑުކަމަށެވެ. މީގެއިތުރުން އެމަނިކުފާނު ވަނީ މޫސުމީ މައްސަލަތަކަށް ހައްލު ގެނައުމުގެ ގޮތުން ބޮޑެތި ގައުމުތަކުން ވެފައި ހުރި ވައުދުތައް ފުއްދުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު