ބަރުލަމާނީ އަކީ މިހާރު އެމްޑީޕީގެ މެމްބަރުންގެ ފިކުރެއް ނޫން ކަމަށް އެޕާޓީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބުގައި ޕާޓީގެ ރައީސް، ރައީސް މުހަންމަދު ނަޝީދުގެ ފެކްޝަންގެ ކެންޑިޑޭޓުން ބަލިކޮށް އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހަންމަދު ސާލިޙު ފެކްޝަން ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބުކޮށް ގައުމީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދާފައެވެ. ހޮނިހިރު ދުވަހުގެ އިންތިޚާބުގައި އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ތާއިދުކުރައްވަނީ ބަރުލަމާނީއަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ކަމަށް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. އިންތިޚާބުގައި ކާމިޔާބު ލިބުނީ ރައީސް ޞާލިހުގެ ފެކްޝަންގެ ކެންޑިޑޭޓުންނަށް ކަމަށް ބައެއް ފަރާތްތަކުން ބުނާ ވާހަކަތައް އެޕާޓީގެ ބައެއް ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ.
އެމްޑީޕީގެ އެތެރޭގެ މި އިންތިޚާބާއި ގުޅިގެން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ، އެޕާޓީގެ މެމްބަރުންގެ ވިސްނުމާއި ފިކުރު ރައީސް ނަޝީދަށްވުރެ ބޮޑަށް އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. ބަރުލަމާނީ އަކީ މިހާރު އެމްޑީޕީ މެމްބަރުންގެ ފިކުރެެއް ނޫން ކަމަށް މަޖިލިސް މެންބަރުން ކަމާއި ޚާއްޞަ މަޖިލީހުގެ މެމްބަރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.
"ޝުކުރިއްޔާ އެމްޑީޕީގެ މެމްބަރުން، ބަރުލަމާނީއަށް ނޫނެކޭބުނެ ޕާޓީއާއި ގައުމު ނުރައްކަލުން ނެރެދިނީތީ އުފާކުރަން." އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާ ވިދާޅުވިއެވެ.
އިބްރާ މީގެ ކުރިން ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަކީ ދިވެހި ގައުމާއި އެމްޑީޕީއަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ އެ ކެންޑިޑޭޓުންނަށް ވޯޓް ނުދިނުމަށް އެޕާޓީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.

#MDP ge memberunge visnumaai fikuru adhives Anni ah vure bodah en'genee ahannah thaaeve! #barulamaanee akee mihaaru MDP memberunge fikureh nooneve!
— Professor Maverick Ibra (@ibramandhu) September 26, 2021
Shukuriyya, MDP ge memberun. Barulamaanee ah noonekey bune, party aa qaumu nurakkalun neredhineethee ufaakuran.
"ޝުކުރިއްޔާ އެމްޑީޕީގެ މެމްބަރުން، ބަރުލަމާނީއަށް ނޫނެކޭބުނެ ޕާޓީއާއި ގައުމު ނުރައްކަލުން ނެރެދިނީތީ އުފާކުރަން." އެމްޑީޕީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އިބްރާ ވިދާޅުވިއެވެ.
އިބްރާ މީގެ ކުރިން ވަނީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ބަރުލަމާނީ ނިޒާމަށް ތާއިދުކުރާ ކެންޑިޑޭޓުންނަށް ވޯޓް ދިނުމަކީ ދިވެހި ގައުމާއި އެމްޑީޕީއަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ އެ ކެންޑިޑޭޓުންނަށް ވޯޓް ނުދިނުމަށް އެޕާޓީގެ މެމްބަރުންނަށް ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު