ވެރިކަންކުރާ މައި ޕާޓީ، އެމްޑިޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރި މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އެންމެ އިސް ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދާއިރާތަކުގެ އިންތިޚާބާއި ގުޅިގެން ރައީސް އިބްރާހިމް މުހަންމަދު ސާލިޙު މިއަދު ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި މެންބަރުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކޮށްފައިވެއެވެ.
92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙަށް ތާއިދުކުރާ ގިނަ ކެނޑިޑޭޓުން އިންތިޚާބުވުމާއެކު ގައުމީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓްލުން ކުރިއަށްދިޔައިރު ރައީސް ސާލިިޙު ހުންނެވީ އދ.ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކުގައެވެ. އެދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.

@MDPSecretariat ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާއާ މަރުޙަބާ ދަންނަވަން. އަދި މި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ޝުކުރު ދަންނަވަން.
— Ibrahim Mohamed Solih (@ibusolih) September 26, 2021
700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރި މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކޮށްފައިވެއެވެ.
92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ތެރެއިން ރައީސް ޞާލިޙަށް ތާއިދުކުރާ ގިނަ ކެނޑިޑޭޓުން އިންތިޚާބުވުމާއެކު ގައުމީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީ އެތެރޭގެ އިންތިޚާބުގައި ވޯޓްލުން ކުރިއަށްދިޔައިރު ރައީސް ސާލިިޙު ހުންނެވީ އދ.ގެ ޢާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާގެ ނިއުޔޯކުގައެވެ. އެދަތުރުފުޅު ނިންމާލެއްވުމަށްފަހު އެމަނިކުފާނު މާލެ ވަޑައިގެންނެވީ މިއަދުގެ ވަގުތެއްގައެވެ.
ކިޔުންތެރިންގެ ހިޔާލު