ދުނިޔޭގެ އެންމެ ދުވަސްވީ އެއްމާބަނޑު ދެބެއިން ދުނިޔޭގެ ރިކޯޑް ފޮތަށް އަރައިފިއެވެ.
އުމުރުން 107 އަހަރުގެ މިދެބެއިންނަކީ ޖަޕާނަށް ނިސްބަތްވާ ދެއަންހެނުންނެވެ. ވޯލްޑް ރިކޯޑްސް އިން ހާމަކޮށްފައިވާގޮތުގައި މިދެބެއިންނަކީ މިހާރު ދުނިޔޭގެ ދިރިތިބި އެންމެ ދުވަސްވީ އަންހެން އެއްމާބަނޑު ދެބެއިންނެވެ.
ނަމަވެސް ވަރަށް ޒުވާން އުމުރުން ފެށިގެން މިދެބެއިން ދިރިއުޅެމުން ދިޔައީ ވަކިންކަމަށްވެއެވެ. އަދި މިހާރު ދެމީހުންވެސް ދިރިއުޅެމުންދަނީ ދުވަސްވީ މީހުން ބަލަހައްޓަމުންދާ ދެތަނެއްގައެވެ.
ޖަޕާނަކީ ދުވަސްވީ މީހުންގެ އާބާދީ ބޮޑު ގައުމެކެވެ. މީގެ ތެރެއިން އުމުރުން 100 އަހަރުން މަތީގެ ގިނަ ބަޔަކު ވަނީ ރިކޯޑު ފޮތަށްވެސް އަރާފައެވެ.
މިގޮތުން މީގެ ކުރިންވެސް ދުނިޔޭގެ އެންމެ ދުވަސްވީ އަންހެން އެއްމާބަނޑު ދެބެއިންގެ ގޮތުގައި ދުނިޔޭގެ ރިކޯޑް ފޮތަށް އަރައިފައިވަނީ ޖަޕާނަށް ނިސްބަތްވާ ދެބެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު