އަހުމަދު މަސްނޫމް   27 ސެޕްޓެމްބަރު 2021 - 14:46
މުއިޒިކީ ދާއިރާއިން ފާހަގަކުރެވިފައިވާ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު ޝަހުބާން ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

53 އަހަރުގެ ޝަހުބާންގެ އާއިލާއިން ބުނީ ޝަހުބާން ނިޔާވިކަން އެނގުނީ ފާހަނާގައި ގިނައިރު ވުމުން، ދޮރުގައި ތަޅާހެދުމުންވެސް ދޮރު ނުހުޅުވުމުން، ފުލުހުންނަށް ގުޅައިގެން ފުލުހުން އައިސް ދޮރު ހުޅުވުމުން ކަމަށެވެ. އާއިލާއިން ބުނީ ޝަހުބާން އޮތީ ފާހަނަތެރެއަށް ވެއްޓިފައިކަމަށެވެ. އަދި ފުލުހުން ޝަހުބާން ނަގައިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިކަމަށް އާއިލާއިން ބުނެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަހުބާން ނިޔާވީ ހާޓްއެޓެކެއް ޖެހިގެނެވެ.

ޝަހުބާންގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު 12:00 ޖަހާއިރު އާސަހަރާ މިސްކިތުގައެވެ. ޝަހުބާން ނިޔާވިއިރު ދުނިޔޭގައި ދެ ފިރިހެން ދަރިން އެބަތިއްބެވެ. އޭނާއަކީ ތަބައްގޭ އަލީ ފަހުމީ (ތަބަށް އަލިފުޅަށް) ކާފަ ކިޔާ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން