އިސްލާމީ ޝަރީޢާއާއި ޚިލާފުވާނެކަމަށް ބުނެ ތާލިބާނުން އަފްޣާނިސްތާނުގެ ސެލޫން ތަކުން ފިރިހެނުންގެ ތުނބުޅި ބާލައިދިނުން މަނާކޮށްފިއެވެ.

އަދި މިގަވާއިދާ ހިލާފުވާމީހުންނަށް ހަރުކަށި އަދަބު ލިބޭނެކަމަށް ތާލިބާނުން ބުނެފައިވެއެވެ.

މިގޮތުން އަފްޣާނިސްތާނުގެ އެކި ސަރަހައްދުތަކުގައި ހުންނަ ސެލޫންތަކުގައި ބޯކޮށުމަށާއި ތުނބުޅި ބާލައިދިނުމުގައި ހަރަކާތްތެރިވާ މީހުންނަށް ހަރުކަށި އެންގުން އެންގުމުގެ އިތުރުން، ތާލިބާނުން ވަނީ ސެލޫންތަކުގެ ބޭރުގައި މިގަވާއިދު ހަރުވެސްކޮށްފައެވެ. މިގަވާއިދުގައި ބުނާގޮތުން ބޯކޮށުމާއި ތުނބުޅި ބަހައްޓަން ވާނީ އިސްލާމް ދީނުގެ ޝަރުޢީ ގާނޫނާ އެއްގޮތަށެވެ. އަދި މި ގަވާއިދާ ބެހޭގޮތުން ދެކޮޅު ހެދުމުގެ ހައްގެއް އެއްވެސް މީހަކަށް ލިބިގެން ނުވާނެކަމަށްް ތާލިބާނުން ހާމަކޮށްފައިވެއެވެ.

ތާލިބާނުންގެ މިހަރުކަށި ގަވާއިދާ ގުޅިގެން މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އަފްޣާނިސްތާނުގެ ސެލޫންތައް ހިންގަމުންދާ ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ދީނީ ހަރުކަށި ޖަމާއަތެއްކަމަށްވާ ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނެސްފައިވަނީ މިދިޔަ އޯގަސްޓް މަހުއެވެ. ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައި ނަމަވެސް، ހަރުކަށި އަދަބު ދިނުމާއި ލާއިންސާނީ އަމަލްތަކެއް ނުކުރާނެކަމަށް ތާލިބާނުން ބުނި ނަމަވެސް، ހުސްވި ހަފްތާގައިވެސް 4 މީހަކު މަރާލައި މަގުމަތީގައި އާންމުންނަށް ފެންނަ ސަރަހައްދުގައި ތާލިބާނުން ވަނީ އެގަބުރުތައް ދަންޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން