ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް ހޮނިހިރު މެންދުރުގެ ވަގުތެއްގައި ނިޔާވި ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމްގެ ޖަނާޒާ އޮންނާނީ ރަސްމީ އިއްޒަތުގައިކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފްއިން ބުނީ ލާންސް ކޯޕްރަލް މުޙައްމަދު ޞުލްޠާންގެ ހަށިގަނޑު މިއަދުގެ 13:00 ހާއިރު، މާލެ ގެނައުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އަދި އެއަރޕޯޓުން، އޭނާގެ ހަށިގަނޑު ގެންދެވޭނީ އާސަހަރާއަށްކަމަށްވެސް އެމްއެންޑީއެފްއިން ބުނެއެވެ.
ރާއްޖެއިން ބޭރުގައި ތަމްރީނު ފުރިހަމަކުރަމުންދަނިކޮށް ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ނިޔާވީ ދުވުމެއް ފުރިހަމަކުރަމުން ދަނިކޮށްކަމަށެވެ. ސުލްތާން ފުރިހަމަ ކުރަމުން އައީ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށް ގެންދިޔަ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.
ސުލްތާން މަރުވެފައިވަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ، ކޭމްޕް ގްރީންހޯންގައި މިއަދު އޮތް އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަމުންދަނިކޮށް ކަމަށާއި ދުވުމުގެ ތެރެއިން ސުލްތާން ވެއްޓުމާއެކު އޭނާ އިމަޖެންސީގައި ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެެ. ހޮސްޕިޓަލަށް ގެންދެވުނުއިރު ވެސް ސުލްތާން މަރުވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ލާންސް ކޯޕްރަލް މުހައްމަދު ސުލްތާން އިބްރާހިމް ސިފައިންގެ ހިދުމަތާ ގުޅިފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރިލް މަހުގެ އަށް ވަނަ ދުވަހުއެވެ. ތިން އަހަރު ދުވަހުގެ ކޯހަކަށް އިންޑިއާއަށް ދިއުމުގެ ކުރިން ސުލްތާން މަސައްކަތް ކުރަމުން އައީ އިންޓަގްރޭޓެޑް ހެޑްކުއާޓާޒްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު