ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ސެލްފް ސާވިސް ފިއުލް ޝެޑަކާއި އަމިއްލައަށް ކާރު ދޮވެވޭގޮތަށް ހުންނަ ތަނެއް ތަރައްޤީކޮށް ހިންގުމަށް ވިލާ ހަކަތައާ އިއްޔެ ހަވާލުކޮށްފިއެވެ.
އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްބުމުގައި ސޮއިކުރެއްވީ އެޗެޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސުހެއިލް އަދި ވިލާ ހަކަތައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ސިޔާންއެވެ.
މި އެއްބަސްވުމަކީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް ވިލާ ހަކަތައާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ. އަދި މި ސެލްފް ސާރވިސް ފިއުލް ސްޓޭޝަނާއި، ކާ ވޮޝް ފެސިލިޓީ ތަރައްޤީކުރުމަށް 7،386 އަކަފޫޓުގެ ބިމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަމިއްލައަށް ތަންތަން ހަދައިގެން ހިންގާ ގޮތަށް އެޗްޑީސީއިން ހަވާލުކުރި މި ޕްރޮޖެކްޓް ނިމުމުން ވިލާ ހަކަތައިން ހަމައެކަނި ދައްކަންޖެހޭނީ ބިމު ކުއްޔެވެ.
ވިލާ ހަކަތައަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި މިފަދަ ސެލްފް ސާރވިސް ފިއުލް ސްޓޭޝަނަކާއި، އަމިއްލައަށް ކާރު ދޮވެވޭގޮތަށް ތަނެއް ހަދާ ފުރަތަމަ ފަހަރެވެ.

We signed an agreement with Villa Hakatha Pvt Ltd for the development and operation of a self-service fuel station and automated car wash facility in Hulhumalè Phase 2. @villahakatha #HDCMaldives #HDCProjects #MyHulhumale pic.twitter.com/VTI1akMRzr
— HDC (@hdcmaldives) September 26, 2021
މި އެއްބަސްވުމަކީ ނުވަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށް ވިލާ ހަކަތައާ ހަވާލުކޮށްފައިވާ ޕްރޮޖެކްޓެކެވެ. އަދި މި ސެލްފް ސާރވިސް ފިއުލް ސްޓޭޝަނާއި، ކާ ވޮޝް ފެސިލިޓީ ތަރައްޤީކުރުމަށް 7،386 އަކަފޫޓުގެ ބިމެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އެގޮތުން އަމިއްލައަށް ތަންތަން ހަދައިގެން ހިންގާ ގޮތަށް އެޗްޑީސީއިން ހަވާލުކުރި މި ޕްރޮޖެކްޓް ނިމުމުން ވިލާ ހަކަތައިން ހަމައެކަނި ދައްކަންޖެހޭނީ ބިމު ކުއްޔެވެ.
ވިލާ ހަކަތައަކީ ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރާ ކުންފުންޏެކެވެ. މިއީ ރާއްޖޭގައި މިފަދަ ސެލްފް ސާރވިސް ފިއުލް ސްޓޭޝަނަކާއި، އަމިއްލައަށް ކާރު ދޮވެވޭގޮތަށް ތަނެއް ހަދާ ފުރަތަމަ ފަހަރެވެ.
ކިޔުންތެރިންގެ ހިޔާލު