ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހެލްތް މިނިސްޓްރީގެ އިސްވެރިންނާ، އެމިނިސްޓްރީގެ ދަށުން ހިނގާ ކައުންސިލްތަކާ ބައްދަލުކުރައްވައި ޞިއްޙީ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތައް އޮޅުންފިލުއްވައި އެކަންކަން އަވަހަށް ޙައްލުކުރެއްވުމާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ހެލްތް އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް ޑރ. ޝާޙް ޢަބްދުﷲ މާހިރުގެ އިތުރުން މެޑިކަލް ކައުންސިލާއި، ނަރސިންގ ކައުންސިލާއި، އަދި އެލައިޑް ހެލްތް ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ 5 ސަރަޙައްދެއްގައި ޓަރޝަރީ ފެންވަރަށް ހޮސްޕިޓަލްތައް ތަރައްޤީކުރަމުންދާ މި ދަނޑިވަޅުގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުން ލިބުމުގައި ދިމާވާދަތިތައް ޙައްލުކުރުމަށް މަޝްރަވާކޮށްގެން ކުރިޔަށް ދެވޭނެ މަގެއް ހޯދުން މުހިންމުކަމުގައި ފާހަގަކުރެއްވިއެވެ. އަދި، މިދޭތެރެއިން ވެސް ސަރުކާރުން ޞިއްޙީ ދާއިރާގެ މީހުން ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާކަން ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދުރު ރާސްތާ ޕްލޭނާ އެކުއެކީ މެދުރާސްތާ ޕްލޭނެއް ކުރިޔަށް ގެންދަން ޖެހިފައިވާކަމުގައި ވިދާޅުވެފައެވެ.
މެޑިކަލް ކައުންސިލްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ އެ ކައުންސިލްތައް އިދާރީގޮތުން ހިންގުމުގައި ދިމާވާ ދަތިތަކާއި ބަޖެޓް ހޯދުމުގައި ދިމާވާ ދަތިތަކެވެ. މިގޮތުން ހުރިހާ ކައުންސިލަކުންވެސް ވަނީ މުވައްޒަފުންގެ ދަތިކަން ޙައްލުކޮށްދެއްވަން އެދިވަޑައިގެންފައެވެ.
މީގެ އިތުރުން ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިން ވަނީ ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމާއިއެކު އެދާއިރާގައި ތަމްރީންވާ މީހުން ވަޒީފާތަކުގައި ހަރުލެއްވުމަށް ކުރެވިދާނެކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި، ޞިއްޙީ ދާއިރާގެ ތަމްރީން ތަކަށް ބޭނުންވާ ކުދިން ހޯދުމުގައި ހުރި ދަތިތައް ޙައްލުކުރުމަށް ކުރެވިދާނެކަންކަމާއި ސްކޫލް ދައުރުން ފެށިގެން ޞިއްޙީ ދާއިރާގައި މަސައްކަތްކުރުމަށް ކުދިން ޝައުޤުވެރިކުރުވުމަށް މަސައްކަތްކުރުން މުހިންމުކަމުގައި އެބޭފުޅުން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ކައުންސިލްތައް ހިންގުމުގައި ދިމާވާ އެކި އެކި ދަތިތަކާ ޞިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރެވެން ހުރި ކަންތައްތަކާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ނާއިބް ރައީސާއެކު ޞިއްހީ ދާއިރާގެ އިސްވެރިން ކަންކަން ހައްލުކުރުމާބެހޭ ގޮތުން މަޝްވަރާ ކުރަށްވާފައިވާއިރު ސަރުކާރުގެ މައި ހޮސްޕިޓަލުން އެކި ކަހަލަ މުހިންމު ޓެސްޓްތަކާއި ސްކޭންތައް ހެދުމަށާއި ބައެއް ޚާއްޞަ ފަރުވާތައް ހޯދުމަށް ބަލި މީހުން ނަންނޯޓުކޮށްގެން ތިން ހަތަރުމަސް ވެގެންދާއިރުވެސް ޚިދުމަތް ނުލިބޭކަމުގެ ޝަކުވާ ތަކުރާރު ވަމުންދާއިރު އެފަދަ ކަންކަމުގައި އެކަށީގެންވާ ހައްލުތައް ސިއްހީ ދާއިރާއިން ނުފެންނަކަން ގިނަ ބަޔަކު ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު