އަރިދަފުސް ރޯގާ ޖެހިގެން މިދިޔަމަހު 11000 އަށްވުރެ ގިނަ މީހުން ޑޮކްޓަރަށް ދައްކާފައިވާކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ މިދިޔަމަހު 11،348 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާކަމަށެވެ. މިއީ އޭގެކުރީމަހު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި 3838 މީހުންނާއި އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ ތިން އަހަރާ އަޅާބަލާއިރު ވެސް މިއަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދުތައް ވަނީ އިތުރުވެފައެވެ.

އަރިދަފުސް ރޯގާއާއި ޑެންގީއާއި ބޭރަށް ހިންގުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދު އިތުރުވެފައިވާތީ އާންމު ސާފުތާހިރު ކަމަށް ސަމާލުވުމަށާއި ރޯގާގެ އަލާމާތްތައް ހުންނަ މީހުން އާންމުން އެއްވާ ތަންތަނަށް ނުދިއުމަށްވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ.

ހުމާއި ރޯގާ ފެތުރުން އިތުރުވެފައިވާތީ އައިޖީއެމްއެޗުން މިހާރު ވަނީ ފްލޫ ކްލިނިކެއްވެސް ހުޅުވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން