ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއަށް ޕީޕީއެމްގެ އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އެޕާޓީން ސަސްޕެންޑްކޮށްފިއެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީން 2024 ގެ ނިޔަލަށް ބާއްވާ އިންތިހާބުތަކުގައި ނަހްލާއަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރަން ނިންމީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ހާމަކޮށްފައެއް ނުވެއެވެ.

އެހެން ނަމަވެސް ނަހުލާ އެ ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ވެފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފައެވެ. މީގެ ކުރިން ނަހުލާ 2014 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ށ. ކޮމަންޑޫ ދާއިރާއަށް އަދި 2019 ގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ލ. ގަމު ދާއިރާއަށް ވެސް އަމިއްލަ ގޮތުން ވާދަކުރައްވައިފައިވާއިރު މި ދެ އިންތިޚާބުގައި ވެސް ނަހުލާއަށް ވަނީ ނާކާމިޔާބީ އާއި ކުރިމަތި ލައްވަން ޖެހިވަޑައިގެންފައެވެ.

މާލޭ ސިޓީ ކައުންސިލް ތެރޭގައި ވެސް މީގެދުވަސްކޮޅެއް ކުރިން ނަހުލާގެ މައްސަލަ ތަކެއް ވަނީ ފެންމަތިވެފައެވެ. އޭގެފަހުން މާލެ ސިޓީ ކައުންސިލުން ވިލިމާލޭ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ބޭއްވި ބައްދަލު ވުމެއްގައި ވިލިމާލޭ ދާއިރާގެ ބައެއް މީހުން ވަނީ ނަހުލާއާ ބެހޭ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކޮށް ޝަކުވާވެސް އުފުލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން