ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ، ޕީޕީއެމުން ސަސްޕެންޑްކޮށް އިންތިހާބުތަކުގައި ވާދަނުކުރެވޭ ގޮތް ހެދި ކަމަށް ދެކެވޭ ވާހަކަ އޭނާ މިރޭ ދޮގުކުރައްވައިފިއެވެ.

ޕީޕީއެމުން ބުނީ އެ ޕާޓީން 2024 ގެ ނިޔަލަށް ބާއްވާ އިންތިހާބުތަކުގައި ނަހްލާއަށް ވާދަނުކުރެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ސަސްޕެންޑް ކުރަން ނިންމީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެ ޕާޓީން ހާމަ ކޮށްފައެއް ނުވެއެެވެ. އަދި ނަހުލާ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފުވެފައިވާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މީގެއިތުރުން ކުރިއަށް އޮތް 6 މަސް ދުވަހު އެ ޕާޓީގެ ޕޯޑިއަމް ހަރަކާތެއްގައިވެސް ނަހުލާ ބައިވެރި ނުކުރުމަށާއި ކުރިއަށް އޮތް 3 އަހަރު އެ ޕާޓީގެ އެއްވެސް އިންތިހާބެއްގައި ނަހުލާއަށް ވާދަނުކުރެވޭނެ ގޮތަށް އޭނާއަށް ޕީޕީއެމުން ވަނީ ފިޔަވަޅު އަޅާފައެވެ.

އެކަމާ ގުޅިގެން ނަހުލާ ވިދާޅުވީ، ޕީޕީއެމުން އޭނާ ސަސްޕެންޑްކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި ނޫސްތަކުން ރިޕޯޓްކޮށްފައިވާ ވާހަކަތަކާއި ގުޅިގެން އޭނާ އިދިކޮޅު ވަގުތީ ލީޑަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އާ ވާހަކަދެއްކެވި ކަމަށާއި، އަދުރޭ ވިދާޅުވިކަމަށް ރިޕޯޓްކޮށްފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި ކަމަށް ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ޕީޕީއެމްގެ އަސާސީ ގަވާއިދުގައިވާގޮތުން ސުލޫކީ މައްސަލައަކަށް ވަނީ ކޮން ކަހަލަ ކަންތައްތަކެެއް ކަމާއި އެޅޭނީ ކޮން ކަހަލަ ފިޔަވަޅެއްކަން ވަރަށް ސާފްކޮށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

"ޕީޕީއެމްގެ އަސާސީ ގަވާއިދާ އަޅުގަނޑު ހިލާފު ވެފައެއް ނުވާނެ، އަޅުގަނޑު މިދަނީ ވަގުތުވީ މިންވަރަކުން ޕީޕީއެމްގެ ހަރަކާތްތަކުގައި ބައިވެރިވަމުން. މުޒާހަރާތަކާއި ޖަލްސާތަކުގައިވެސް ބައިވެރިވަން." އެތައްފަހަރު ރައްޔިތުންގެ މަޖިލީހުގެ އެކި ދާއިރަތަކަށް ވާދަކުރަށްވައި މިހާތަނަށް ކާމިޔާބު ލިބިވަޑައިގެންފައި ނުވާ އަދި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ކަމަށް ކުރިމަތިލައްވައިގެންވެސް ނާކާމިޔާބީއާއި ކުރި މަތިލައްވަންޖެހިވަޑައިގެންނެވި ނަހުލާ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ އޭނާއަކީ ޕީޕީއެމްގެ މެންބަރެއް ކަމަށެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި އިހްލާސްތެރިކަމާއެކު މަސައްކަތް ކުރުމުގައި ދެމިހުންނަވާނެ ކަމުގެ ޔަގީން ނަހުލާ ވަނީ ދެއްވާފައެވެ.

ނަހުލާއާއި ޕީޕީއެމާއި ދެމެދު ކޮންމެވެސް މައްސަލަތަކެއް ހިނގަމުންދާކަން މިހާތަނަށް ކަށަވަރުވެފައި ވީނަމަވެސް ކަނޑައެޅިގެން ދިމާވެގެން އުޅެނީ ކޮން ކަހަލަ މައްސަލައެއް ކަމެއް އަދި ސާފެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން