ރަސޫލާއަށް ފުރައްސާރަކުރިކަމަށް ބުނާ ޓީޗަރާއި މެދު ފިޔަވަޅު އެޅުމަށް ޑރ. މުހައްމަދު އިޔާޒު ގޮވާލައްވައިފިއެވެ.

އިސްލާމް ދީނުގެ ޢިލްމްވެރިޔާ ޑރ. އިޔާޒު މިހެން ވިދާޅުވެފައި މިވަނީ ށ. ފޯކައިދޫ ސުކޫލުގައި ކުރިޔަށްދިޔަ އިންޓާހައުސް މަދަހަ މުބާރާތުގެ ތެރެއިން ޓީޗަރަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ވާގޮތަށް މަދަހައެއް ކިޔާފައިވާކަމަށް ބުނެ ބަޔަކު މައްސަލައެއް ފެންމަތިކޮށްފައިވަނިކޮށެވެ.

މިކަމާއި ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ މައިކް ޓެސްޓު ކުރަން ވިޔަސް، މަޖަލަކަށްވެސް ރަސޫލާ ﷺ އަށް ފުރައްސާރަ ކުރުމަކީ ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. އަދި އެއީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމަށާއި އެކަން ކުރި ފަރާތަކާއިމެދު ފިޔަވަޅު އަޅަން ޖެހޭނެކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ‏މަޖްލިސް މެމްބަރަކާއި ދިމާލަށް އެއްޗެއް ބުނި ޓީޗަރަކު ވަޒީފާއިން ވަކިކުރިއިރު ލޮބުވެތި ނަބިއްޔާ ﷺ އަށް ފުރައްސާރަކޮށް ލަވަކީ ޓީޗަރ ވަގުތުން ވަގުތަށް ވަޒީފާއިން ވަކި ކުރެވެން ޖެހޭނެކަމަށެވެ. އަދި ސަމާސާ ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތައް ހުންނާނެކަމަށާއި މިއީ ސަމާސާ ކުރެވޭ ކަހަލަ ކަމެއް ނޫންކަމަށް އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ ސަރުކާރުން ‏އިސްލާމްދީނާއި މެދު ޛައްރެއްގެ މިންވަރަަށް ވެސް ލޯތްބެއް ކުލުނެއް ހުރިނަމަ ލަސްނުކޮށް ފިޔަވަޅު އަޅުއްވާނެކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން ފެނިގެންދަނީ މައިކް ޓެސްޓް ކުރުމުގެ ގޮތުން ޓީޗަރަކު މަދަހައެއް ކިޔާ މަންޒަރެވެ. އަދި މަދަހައިގެ ކަޑިތައް އޮންނަ ގޮތަށް ކިޔުމަށްފަހު، އަމިއްލަ ގޮތަކަށް މަދަހަ ބަދަލުކޮށް މުޅިން އެހެން ވާހަކައެއް އެ މަދަހައިގެ ރާގުގައި ކިޔަން ފެށުމުން ދަރިވަރުން ހޭން ފަށާ މަންޒަރުވެސް ފެނިގެންދެއެވެ.

މިކަމާއި ގުޅިގެން ބަޔަކު ނުރުހުން ފާޅުކުރިނަމަވެސް، ފޯކައިދޫ ކައުންސިލްގެ ރައީސް އަހްމަދު އާސިފް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަމަކީ ސައުންޑް ޓެސްޓް ކުރުމުގެ ތެރޭގައި ހިނގައިދިޔަ ކަމެއް ކަމަށާއި އެއީ އެއްވެސް ހާލެއްގައި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި މިކަން ބަޔަކު ސިޔާސީ ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޝާމް

08-Oct-2021

މިކަމުގަ ސަމާސާއެއް ނޯންނާނެ. ފިޔަވަޅުއަޅުއްވާ މިހާރުންމިހާރަށް


3

އުއްތަމަ އުސްތާޛް

08-Oct-2021

ފައްޅީގެ އަޅުކަމުގައި ބައިވެރިވި މީހާއަށް ފިޔަވަޅުއަޅަން ގޮވާލަން ނުކެރުނީ ކީއްވެގެންތޯ



ޓްރެންޑިން