މިމަހުގެ 22 ވަނަ ދުވަހު ފެށި، އދގެ 76 ވަނަ ޖެނަރަލް އެސެމްބްލީގެ އާއްމު ބަހުސް ނިންމާލައިފިއެވެ.
އާއްމު މަޖިލީހުގެ ބަހުސް ނިންމާލިއިރު، 194 ގައުމެއްގެ އިސްވެރިން ތަގުރީރުކުރަށްވާފައި ވެއެވެ. މީގެތެރޭގައި ދުނިޔޭގެ 100 ގައުމަކުން ދައުލަތުގެ އެންމެ އިސްވެރިން އާންމު މަޖިލީހުގައި ތަގްރީރު ކުރެއްވިއެވެ. އަދި 52 ގައުމެއްގެ ސަރުކާރުގެ އެންމެ އިސްވެރިން ތަގުރީރު ކުރައްވާފައި ވެއެވެ. މީގެ އިތުރުން 3 ގައުމެއްގެ ނައިބު ރައީސުންނާއި، 34 ގައުމަކުން ވަޒީރުން ފެންވަރުގެ ބޭފުޅުން މި ޖަލްސާގައި މިއަހަރު ތަގްރީރު ކުރެއްވިއެވެ.
މި އަހަރުގެ އާންމު ޖަލްސާގައި ދުނިޔޭގެ 194 ގައުމެއްގެ ފަރާތުން ބަހުސްގައި ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 100 ހެޑް އޮފް ސްޓޭޓް އަދި 52 ހެޑް އޮފް ގަވަރމަންޓް އަދި 3 ނާއިބު ރައީސުންނާއި 34 މިނިސްޓަރުންނެވެ. މީގެތެރޭގައި 18 އަންހެން ބޭފުޅުންވެސް ހިމެނެއެވެ. ބައެއް ބޭފުޅުން ތަގުރީރު ކުރެއްވީ އޮންލައިންކޮށެވެ.
އާއްމު މަޖިލީހުގެ ބަހުސް ނިންމާލުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއެވެ.
ޝާހިދުގެ ވާހަކަފުޅުގައި ގައުމުތަކަށް ކުރިމަތިވެފައި ވަނީ އެއް މައްސަލަތަކެއްކަމަށާއި، އަދި އެމައްސަލަތަކަށް ބޭނުންވަނީ ގުޅިގެން ނެރެންޖެހޭ ހައްލުތަކެއްކަން ބަހުސުން ހާމަވެފައިވާކަމަށެވެ. މީގެއިތުރުން މަޝްވަރާކޮށްގެން، ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުވާނޭކަމުގެ އުއްމީދު މިބައްދަލުވުމުން ވަރަށް ބޮޑަށް ހާމަވެފައިވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އާއްމު މަޖިލީހުގައި ވާހަކަފުޅުދެއްކެވި ގިނަ ލީޑަރުން ފާހަގަކުރެއްވި މައްސަލަތަކުގެ ތެރޭގައި ކޮވިޑް-19 އާއި، ވެކްސިން ފޯރުކޮށްދިނުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި، ތިމާވެށީގެ މައްސަލަތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު