މިމަހުގެ މިހާތަނަށް ދިވެހިރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށްވަނީ 102،745 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 9000 ފަތުރވެރިންނެވެ.
އަނެއްކޮޅުން މިއީ ކޯވިޑްގެ ކުރިން 2019ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 100،221 ފަތުރުވެރިންނާއި އަޅާ ބަލާއިރު 2.5 އިންސައްތަ އިތުރު އަދަދެކެވެ.
މިމަހުގެ މިހާތަނަށް ލައްކައެއްހާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 85،8711 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށް 4862 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. 2 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާއިންނެވެ. 3 ވަނައިގައި އުޅެނީ ޖަރުމަންވިލާތެވެ.
ސަރުކާރުން އަންދާޒާކުރާ ގޮތުގައި ރާއްޖެއަށް މިހާރު މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު