ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ރާއްޖެއާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިއަދު ގޮވާލައިފިއެވެ.
މިކަމަށް ގޮވާލާފައިވަނީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)، މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)، މޯލްޑިވްސް އެޑިޓާސް ގިލްޑް، ޓްރާންސްޕޭރަންސީ މޯލްޑިވްސް އަދި އެމްނެސްޓީ އިންޓަނޭޝަނަލުން ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
މިބަޔާނުގައި ވަނީ ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ގާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބޭ މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ކަށަވަރުކޮށްދިން ނަމަވެސް، މާއްދާގެ (ށ) ގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް ވަނީ ބަޔާންކޮށްފައިކަމަށެވެ. އަދި ބިލު މިހާރު އޮތް ގޮތުން، މި ދެ ހާލަތުގައި ކޯޓަކަށް ފެނިއްޖެ ހިނދެއްގައި ނޫސްވެރިއެއް ބޭނުންކުރި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެކަމަށް ބުނެފައިވެއެވެ.
"މިބިލުގައި ބަޔާންކޮށްފައިވާ ދެ ހާލަތަކީ، މަސްދަރު ހާމަކުރުމުގެ ސަބަބުން މަސްދަރަށް ނުވަތަ އެނޫން ވެސް ފަރާތަކަށް ލިބިދާނެ ގެއްލުން ކުޑަ ކަމަށް ކޯޓަން ފެނިއްޖެ ނަމަ ނުވަތަ މަސްދަރު ހާމަކުރުމުގެ ސަބަބުން ނޫސްވެރިންގެ މަސައްކަތުގައި އިތުރު މަސްދަރު ހޯދާ، އެފަދަ މަސްދަރުތަކުގެ ފަރާތުން އިތުބާރު ހުރި މައުލޫމާތު ހޯދުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ މިންވަރު ކުޑަ ކަމަށް ކޯޓަށް ފެނުމެވެ. މިއޮތް ގޮތަށް މިދެ މާއްދާއާއެކު، ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ." ބަޔާނުގައިވެއެވެ.
ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ވަނީ މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް
ހުރަސްއެޅިގެންދާނެ ކަމެއްކަމަށެވެ. .އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް
ގޮސް، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއްކަމަށް ޖަމިއްޔާތަކުން ބުނެއެވެ.
"މިކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު އަދި މިއާއެކު މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި
ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ހޯދުނު ކުރިއެރުންތައް ވެސް ގެއްލިގެންދާނެ. އެހެން ކަމުން ލަސްނުވެ، ނޫސްވެރިންނަށް މަސްދަރު
ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ،
މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖޯނަލިސްޓު އެސޯސިއޭޝަނުން ގޮވާލަން."
އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވިއެވެ.
އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ބޭތިންގޓަން ވިދާޅުވިީ މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއްކަމަށާއި އަދި މިއޮތް ގޮތަށް ބިލު ފާސްވެގެން ގޮސްފި ނަމަ، ވޭތުވެދިޔަ ތާނގައި ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތައްވެސް ނުރައްކަލުގެ ތެރެއިން ހުށަހެޅިގެންދާނެކަމަށެވެ.
"މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމުން ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރެވޭ މިމަސައްކަތާ ދެކޮޅު ހަދަން،" އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ބޭތިންގޓަން ވިދާޅުވި އެވެ.
މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވަނީ، މިކަންކުރުމުގެ ނިޔަތަކީ ކޮބައި ކަމެއް ސާފެއް ނޫންކަމަށާއި މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ގެއްލޭ ގޮތަށް އޮތްބައި ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ގޮވާލާކަމަށް ވިދާޅުވެފައެވެ.
"މީގެ ކުރިން މިސަރުކާރުން ވަނީ އަބުރުގެ ގާނޫނު އުވާލާފައި. އަދި ގާނޫނާ ހިލާފަށް ކުރެވޭ ކަންކަން ކާކުކަން ހާމަނުކޮށް ރިޕޯޓްކުރުމަށް ބާރުއަޅާ ވިސިލްބްލޯވަރުން ހިމާޔަތްކުރުމުގެ ގާނޫނު ތަސްދީގުކުރީވެސް މިސަރުކާރުން. މިހާރު މިއޮތް ގޮތަށް ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފިނަމަ މިހޯދުނު ހުރިހާ ކުރިއެރުންތައް ގެއްލިގެންދާނެ. މިކަންކުރުމުގެ ނިޔަތަކީ ކޮބާ ކަމެއް ސާފެއް ނޫން." މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވިއެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ގޮވާލިނަމަވެސް، ސަރުކާރުން މިހާތަނަށް މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު