ހެއްކާބެހޭ ބިލާއި ގުޅޭގޮތުން އެކި ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ބައްލަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ މަޖިލިހަށް ސަރުކާރުން ހުށަހަޅާފައިވާ ހެއްކާބެހޭ މިބިލުގައި ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ދެ ހާލަތެއް އޮތުމުން، އެކަމާއި ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.
ރައީސް ނަޝީދު ވިދާޅުވީ، ހެއްކާބެހޭ ބިލާއި ގުޅޭގޮތުން ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތް ކުރާ ފަރާތްތަކުން އުފުލާ އަޑު އިވިވަޑައިގަންނަވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ބިލު މިހާރު އޮތީ އޮސްޓްރޭލިޔާގައި އަމަލުކުރަމުންދާ މޮޑެލްއަކަށް ކަމަށެވެ. ނަމަވެސް ބިލުގައި ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް އިސްލާހުތަކެއް ގެނެވިދާނެކަމަށް ބަނޑާރަ ނައިބު ވިދާޅުވެފައިވާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް އިސްކަންދޭންޖެހޭނެކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަކުން ވަނީ ގޮވާލާފައެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ރާއްޖެއާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނުގައި ވަނީ މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއްކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ގޮސް، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއްކަމަށް ޖަމިއްޔާތަކުން ބުނެއެވެ.

Noting concerns expressed by media freedom and human rights groups about the Evidence Bill in Majlis: The feature relating to journalists is based on an Australian model but the AG feels that it can be amended. Press freedom in Maldives must be our first priority always.
— Mohamed Nasheed (@MohamedNasheed) September 28, 2021
މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކަކުން ވަނީ ގޮވާލާފައެވެ.
ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ރާއްޖެއާއި ބައިނަލްއަޤްވާމީ ޖަމިއްޔާތަކުން މިއަދު ނެރުނު ބަޔާނުގައި ވަނީ މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ ގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއްކަމަށް ބުނެފައެވެ. އަދި މިކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ގޮސް، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެއްކަމަށް ޖަމިއްޔާތަކުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު