އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފަށް ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން މިއަދު ބުނެފިއެވެ.
ޕީޖީ އޮފީހުން މިހެން ބުނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާކަން ދައުލަތުން ހާމަކުރުމާއި ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ގުޅިގެންނެވެ.
ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ، މުޅި އެމްއެމްޕީއާރްސީ މައްސަލާގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމީ ނޫން ކަމަށެވެ. ދައުލަތުގެ ފަރާތުން ޝަރީއަތުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރާ ޓްރާންސެކްޝަނާއި ގުޅިގެން އެ ކުންފުނީގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ކަމުގައި ޝަފީއު ވިދާޅުވިއެވެ.
"އެހެންނަމަވެސް އެކަށީގެންވާ ހެކި ލިބިއްޖެނަމަ އެސްއޯއެފްގެ މައްޗަށް އެހެނިހެން ޓްރާސްސެކްޝަން ތަކާއި ގުޅިގެން ޗާޖުކުރާނެ." ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ، ރައީސް ޔާމިންގެ މައްސަލައިގައި އެސްއޯއެފަށް ދައުވާ ނުކުރަން ނިއްމާފައިވަނީ ޕީޖީ ޝަމީމް މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ކަމަށެވެ.
އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިިތުރުން އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހޯދަން މީގެ ކުރިން ރެޑް ނޯޓިސް ވެސް ނެރުނު ނަމަވެސް ފަހުން އެ ރެޑް ނޯޓިސް ވެސް ވަނީ ބާތިލުކޮށްފަ އެވެ.
ޕީޖީ އޮފީހުން މިހެން ބުނި ނަމަވެސް ސްޕްރީމް ކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމިންގެ އިސްތިއުނާފް ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ބޮޑު ހިޔާނާތު ފައިސާ އެކި ފަރާތްތަކަށް ބެހިކަމަށް ދައުލަތުން ތުހުމަތުކުރާ އެސްއޯއެފް ކުންފުންޏަށް ދައުވާ ނުކުރަން ނިއްމާފައިވާކަން ތަކުރާރުކޮށް ބުނެފައެވެ. މިހާރު ޕީޖީން ބުނާގޮތަށް އެސްއޯއެފަށް ދައުވާ ނުކުރަން ނިންމާފައިވަނީ ރައީސް ޔާމިންގެ މައްސަލައިގައި އެކަނިކަން ދައުލަތުން ސްޕްރީމް ކޯޓުގައި ފާހަގަކޮށްފައެއްނުވެއެވެ.
ސްޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެކި ފަރާތްތަކަށް ބަހާލުމަށް މެދުވެރިއެއްގެ ރޯލު އަދާކުރި ސްކޯސް އޮފް ފްލޭއާސް (އެސްއޯއެފް)އާއި އެ ކުންފުނީގެ ވެރިންނަށް ދައުވާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގެއްލިފައިވާ ފައިސާ ހޯދުމަށް އެ ކުންފުނީގެ އިސް މީހުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
"އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށްޓަކައި ދައުލަތަށް ގަބޫލުކުރެވެނީ އެ ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ވުރެން އާންމު މަސްލަހަތު އޮތީ އެފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެ ފަރާތްތަކުން ދޭ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ އެގޮތުގެ މަތިން އެ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރުމަށް ދައުލަތުން ނިންމާފައި ވަނީ.،" ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.
ދައުލަތުން ބުނީ އެސްއޯއެފުން އެކި ފަރާތްތަކަށް 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ވެސް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބުދު ﷲ ޔާމިން ފިޔަވައި އެމައްސަލައިގައި ފައިސާ ޖަމާވި ކަމަށް ބުނާ ބައެއްގެ މައްޗަށް ދައުލަތުން މިހާތަނަށް ދައުވާ އުފުލާފައެެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު