ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު ހާމަކުރަން ވަަކި ހާލަތްތަކެއްގައި މަޖުބޫރުކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި އޮތް މާއްދާ، ބަދަލުކުރާނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.
ހެއްކާ ބެހޭ ބިލުގެ 36 ވަނަ މާއްދާގައި ވަކި ހާލަތްތަކެއްގައި މަސްދަރުހާމަކުރަން ނޫސްވެރިޔާއަށްް ނުވަަތަ މީޑިއާއަށް މަޖުބޫރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ދިނުމަށް ވަނީ ބިލުގައި ހުށައަޅާފައެވެ. މަޖިލީހަށް ހުށައަޅައި ބަހުސް ކުރަމުންދާ އެބިލްގައި އެ މާއްދާ ހިމަނާފައިވާތީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އެޑިޓާސް ގިލްޑާއި ބައިނަލްއަޤްވާމީ މީޑިއާއާ ގުޅުންހުރި ބޮޑެތި ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެ ނިއްމުން ބަދަލު ކުރުމަށް ގޮވާލާފައެވެ.
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހެއްކާ ބެހޭ ބިލުގައިވާ އެ އުސޫލާއި މެދު ނޫސްވެރިންނާއި އާއްމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި ބިލަށް ގެންނަން ޖެހޭ ބަދަލުތައް ކޮމިޓީ މަރުހަލާގައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މަސްދަރު ހާމަކުރަން މަޖުބޫރުކުރުމުގެ ބާރުދޭ މާއްދާ ހިމެނީ ގާނޫނުުއަސާސީގެ 28 ވަނަ މާއްދާއިން ދީފައިވާ މިނިވަންކަމާއި އެެ މިނިވަންކަން ހިފެހެއްޓުން ހުއްދަ ހާލަތްތައް ކަމަށް ގާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބުނާ ކަންތައްތަކަށް ރިއާޔަތް ކޮށްގެން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަަދަ މިނިވަންކަން ހިފެހެއްޓިދާނެ ކަމަށް ގަބޫލުކުރެވޭ ހާލްތްތަކަށް ވެސް، އެމާއްދާ ހިމެނުމުގައި ރިއާޔަތްކޮށްފައި ވާނެކަމަށް ވެސް އޭޖީ އޮފީހުގައި ބަޔާނުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް މިއަދު ވިދާޅުވީ ހެއްކާބެހޭ ބިލުގެ އެ މާއްދާ ބަދަލުކުރެވިދާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ އިސްކަންދޭ ކަމަކަށް ވާންޖެހޭނީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ، ނޫސްވެރިޔަކަށް މީހަކު މައުލޫމާތު ދިނީ އޭނާއަކީ ކާކުކަން ހާމަ ނުކުރާނެކަމަށް އެ ނޫސްވެރިޔާ ވެފައިވާ ވައުދެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ، އެ މައުލޫމާތު ދިން މީހާއަކީ ކާކުކަން އަންގައިދޭނެ، ނުވަތަ ކާކުކަން އަންގައިދިނުމަށް އެހީއަކަށް ވެދާނެ އެއްވެސް މައުލޫމާތެއް ޝަރީއަތަށް ހާމަކުރުމަށް އެ ނޫސްވެރިޔާގެ މައްޗަށް، ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
ނަމަވެސް މި މާއްދާގެ (ށ) ގައި ބުނަނީ، އެ މާއްދާގެ (ހ) ގައި އެހެން އޮތް ނަަމަވެސް، މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް، ޝަރީއަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތްކުރާއިރު، ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިން ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރު ކުރުވިދާނެ ކަމަށެވެ.
ހެއްކާ ބެހޭ ބިލު ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންނެވެ.

ކިޔުންތެރިންގެ ހިޔާލު