އަނބުރާ ދައްކާގޮތަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުންފުންޏަކުން ނެގި 1.6 މިލިއަން ރުފިޔާ ދައްކަން ނަހުލާއަށް އެ ކުންފުނިން އަންގައިފިއެވެ.

އަނބުރާ ދައްކާގޮތަށް ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުންފުންޏަކުން ނެގި 1.6 މިލިއަން ރުފިޔާ ދައްކަން އަންގައި އެކުންފުނިން ނަހުލާއަށް މިއަދު ވަނީ ސިޓީއެއްް ފޮނުވާފައެވެ. ބައެއް މީޑިޔާ ތަކަށް މައުލޫމާތު ދެެއްވަމުން އެ ކުންފުނީގެ ގާނޫނީ ވަކީލު މުހައްމަދު ހަލީމް ވިދާޅުވީ މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ނަހުލާއަށް އަންގާފައިވާ ކަމަށެވެ.

"ނޯޓިސް ފޮނުވި ވަގުތުން ފެށިގެން އެ ފައިސާއާ ގުޅޭ ހުރިހާ ކަމެއް ކުރިއަށްގެންދިޔުމަށް އަޅުގަނޑާ ހަވާލުކުރެވިފައިވާކަން ނަހުލާއަށް ވަނީ އަންގާފައި." ވަކީލު ހަލީމް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ނަހުލާގެ ބަހެއް އަދި ނުލިބެއެވެ.

ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ކުންފުންޏަކުން ނެގި 1.6 މިލިއަން ރުފިޔާ ދައްކަން އަންގައިފައިވާއިރު ޕީޕިއެމް އަސާސީ ގަވާއިދާ ޚިލާފުވެގެން އިންތިޚާބުތަކުގައި ވާދަނުކުރެވޭ ގޮތަށް އެޕާޓީން ވަނީ އޭނާ ސަސްޕެންޑްކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް 6 މަސް ދުވަހު އެ ޕާޓީގެ ޕޯޑިއަމްގެ ހަރަކާތެއްގައިވެސް ނަހުލާއަށް ބައިވެރި ނުވެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ނަހުލާއާއިމެދު މިހާ ހަރުކަށި ފިޔަވަޅެއް އެޅީ ކަނޑައެޅުގެން ކީއްވެގެން ކަމެއް އިދިކޮޅު ޕީޕީއެމަކުން ހާމައެއް ނުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު