ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ އަންނަމަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ކުޅޭ ގައުމީ ޓީމާއެކުގައި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް މިއަހަރު ބާއްވަނީ ރާއްޖޭގައެވެ. އަންނަ މަހު ފަށާ މި މުބާރަތުގައި ބައިވެރިވާ ބައެއް ޓީމުތަށް މިހާރު ވަނީ ރާއްޖެ އައިސްފައެވެ.
މުބާރާތުގައި ބައިވެރިވާ ދިވެހި ގައުމީ ޓީމަށް ހިތްވަރުދީ ދިވެހި ގައުމީ ޓީމާއެކު ތިބިކަން މުޅި ގައުމު ހާމަކުރަމުންދާ މި ދަނޑިވަޅުގައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ހެއު ދުޢާވަނީ ދިވެހި ގައުމީ ޓީމާއެކުގައި ކަމަށެވެ.
"މާތް ﷲ އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު." ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ބޭނުންކުރާ އައު ޖާޒީ ތުރުކުރައްވައި ގައުމީ ޓީމާއެކު ހުންނެވިކަން ހާމަކުރައްވައި ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕެރަލްސް އިން ފަރުމާކޮށްފައިވާ ގައުމީ ޓީމުގެ ޖާޒީއަކީ ރާއްޖޭގެ ކުންފުންޏަކުން ގައުމީ ޓީމުގެ ޖާޒީ ފަރުމާކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ހަވީރު ލަންކާ ނުކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި އެރޭ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާ ރާއްޖެއެެވެ.
މުބާރާތުގެ މެޗްޑޭ 2 ގައި ލަންކާއާއި ނޭޕާލް ބައްދަލުކުރާ މެޗު ކުޅޭނީ އެރޭ 21:00 ގައެވެ. އަދި އެއަށްފަހު 7 ވަނަ ދުވަހު އިންޑިއާ އާއި ދެކޮޅަށް ލަންކާ ނުކުންނައިރު 10 ވަނަ ދުވަހު ލަންކާ ކުޅެންޖެހޭނީ ރާއްޖެއާއި ދެކޮޅަށެވެ.
ތިންވަނަ މެޗުގައި ނޭޕާލް އިންޑިއާއާ ދެކޮޅަށް ނުކުންނައިރު މިބުރުގެ ފަހު މެޗުގައި ކުޅޭނީ ނޭޕާލާ ބަންގްލަދޭޝް އެވެ.
މީގެއިތުރުން އިންޑިއާގެ ފުރަތަމަ މެޗުގައި 4 އޮކްޓޯބަރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު މިބުރުގެ އެންމެ ވާދަވެރިވާނެކަމަށް ގަބޫލުކުރެވޭ ރާއްޖެއާއި އިންޑިއާގެ ކުރިމަތިލުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު މިއީ އެ މުބާރާތް ރާއްޖޭގެ ފަސްގަނޑުގައި ބާއްވާ ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެެވެ. މީގެ ކުރިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ބައެއް މެޗްތަށް ރާއްޖޭގައި ކުޅެފައިވާއިރު، އެފަހަރު މުބާރާތް ކާމިޔާބުކޮށް ރާއްޖެ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ.

އަޅުގަނޑުގެ ހެޔޮ ދުޢާ އަބަދުވެސް ވާނީ ދިވެހި ޤައުމީޓީމާއި އެކު، الله އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު. pic.twitter.com/O8Ej9CNY2P
— Qasim Ibrahim (@qasimibrahim) September 28, 2021
"މާތް ﷲ އިރާދަކުރެއްވިއްޔާ ތިންވަނަ ފަހަރަކަށް ވާނީ މިފަހަރު." ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން ބޭނުންކުރާ އައު ޖާޒީ ތުރުކުރައްވައި ގައުމީ ޓީމާއެކު ހުންނެވިކަން ހާމަކުރައްވައި ގައުމީ ޓީމަށް ހިތްވަރު ދެއްވަމުން ގާސިމް ވިދާޅުވިއެވެ.
ދިވެހި ކުންފުންޏެއް ކަމަށްވާ އައިލެންޑް އެޕެރަލްސް އިން ފަރުމާކޮށްފައިވާ ގައުމީ ޓީމުގެ ޖާޒީއަކީ ރާއްޖޭގެ ކުންފުންޏަކުން ގައުމީ ޓީމުގެ ޖާޒީ ފަރުމާކުރި ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ އެއްވަނަ ދުވަހު ހަވީރު ލަންކާ ނުކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. އަދި އެރޭ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެރޭ 21:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ނޭޕާލާ ރާއްޖެއެެވެ.
މުބާރާތުގެ މެޗްޑޭ 2 ގައި ލަންކާއާއި ނޭޕާލް ބައްދަލުކުރާ މެޗު ކުޅޭނީ އެރޭ 21:00 ގައެވެ. އަދި އެއަށްފަހު 7 ވަނަ ދުވަހު އިންޑިއާ އާއި ދެކޮޅަށް ލަންކާ ނުކުންނައިރު 10 ވަނަ ދުވަހު ލަންކާ ކުޅެންޖެހޭނީ ރާއްޖެއާއި ދެކޮޅަށެވެ.
ތިންވަނަ މެޗުގައި ނޭޕާލް އިންޑިއާއާ ދެކޮޅަށް ނުކުންނައިރު މިބުރުގެ ފަހު މެޗުގައި ކުޅޭނީ ނޭޕާލާ ބަންގްލަދޭޝް އެވެ.
މީގެއިތުރުން އިންޑިއާގެ ފުރަތަމަ މެޗުގައި 4 އޮކްޓޯބަރުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު މިބުރުގެ އެންމެ ވާދަވެރިވާނެކަމަށް ގަބޫލުކުރެވޭ ރާއްޖެއާއި އިންޑިއާގެ ކުރިމަތިލުން އޮންނާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާއިރު މިއީ އެ މުބާރާތް ރާއްޖޭގެ ފަސްގަނޑުގައި ބާއްވާ ދެވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެެވެ. މީގެ ކުރިން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕްގެ ބައެއް މެޗްތަށް ރާއްޖޭގައި ކުޅެފައިވާއިރު، އެފަހަރު މުބާރާތް ކާމިޔާބުކޮށް ރާއްޖެ އިން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު