މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ލިމިޓެޑް، އެމްއޭސީއެލުން ނިންމާފައިވަނީ އޮކްޓޫބަރުމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ މުވައްޒަފުންގެ މުސާރަ 5 އިންސައްތައާއި 20 އިންސައްތައާ ދެމެދުގެ އަދަދަކަށް ބޮޑު ކުރުމަށް ނިންމާފައެވެ.
އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ބުނީ މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައަށް 20 އިންސައްތައިގެ ކުރިއެރުމެއް ލިބޭ ގޮތަށް ކަމަށެވެ. އަދި އެންމެ ބޮޑު މުސާރަ ލިބޭ މުވައްޒަފުންނަށް ވެސް 5 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ކުންފުނިން ބުނެއެވެ. އަދި ބިދޭސީ އެއްވެސް މުވައްޒަފެއްގެ މުސާރަ މިފަހަރު ބޮޑު ނުވާނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.
އެމްއޭސީއެލުން ބުނީ މުސާރައަށް ބަދަލުތަކެއް ގެންނަނީ ކޮވިޑް 19ގެ ތެރޭގައި މުވައްޒަފުން ގައުމަށްކޮށްދިން ޚިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށެވެ.
އެމްްއޭސީއެލުން މުވައްޒަފުންނަށް ދެމުންދާ އިނާޔަތްތަކުގެ ތެރޭހައި ހެލްތު އިންޝޫރަންސް، ފްރީ ޓްރާންސްޕޯޓް، ފްރީ ޕާކިން، ސްޓާފް ލޯން ސްކީމް، ސްޓާފް ޗިލްޑްރެން ލޯން ސްކީމްގެ އިތުރުން ސްޓާފް ޑިވެލޮޕްމެންޓް ސްކީމް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު