ކޯވިޑާއި ގުޅިގެން ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައިން ކެނޑި ބައި ނުދޭން ނިންމުމާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ޕީޕީއެމް/ ޕީއެންސީން މިކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ކޮވިޑާ ގުޅިގެން ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކާއެކު ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދިނުން ހުއްޓާލި ސެޓްފިކެޓް އެލަވަންސާއި ޕާފޯމަންސް އެލަވަންސްތައް މެދުކަނޑާލި ދުވަސްތަކަަށް އެ އެލަވަންސް ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވުމާއި ގުޅިގެނެވެ.
މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެމްބަަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ސަރުކާރު ހިންގާ ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް އެތައް ސަތޭކަ ސިޔާސީ މަގާމްތަކެއް އުފައްދާފައިވާކަމަށެވެ. އަދި މަސައްކަތެއް ނެތް ބައެއް ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލު ގެނަސް މުސާރަ އިތުރުކޮށްފައިވާކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމަށްވާނަމަ ބައެއްގެ އަތުން ނިގުޅައިގަނެވުނު އެއްޗެއް ނުދެއްވެންވީ ކީއްވެތޯ ޝިޔާމް ސުވާލުކުރައްވާފައިވެއެވެ.
ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބާއި ދިމާކޮށް އެތައް ސަތޭކަ ސިޔާސީ މަގާމްތަކެއް އުފައްދާ، މަސައްކަތެއް ނެތް ބައެއް ކުންފުނިތަކުގެ އޮނިގަނޑަށް އިތުރުކުރި. އެހެންކަމަށްވާނަމަ ބައެއްގެ އަތުން ނިގުޅައިގަނެވުނު އެއްޗެއް ނުދެއްވެންވީ ކީއްވެތޯ." ޝިޔާމް ވިދާޅުވިއެވެ.
މަޖިލީހުގައި އިއްޔެ ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ކޮވިޑާއި ގުޅިގެން ދިމާވި ތަދުމަޑުކަމުގެ ސަަބަބުން އާމްދަނީއަށް ކުރިމަތިވި ހީނަރުކަމާއި ގުޅިގެން ހަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހުނު ކަމަށެވެ. އެގޮތުން މުވައްޒަފުންނަށް ކުރާ ހަރަދުވެސް ހިމެނޭހެން ގިނަ ދާއިރާތަކުން ހަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް އެޅި ކަމަށާއި އަދި އެ ފިޔަވަޅުތައް ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ކޮވިޑްގެ ކުރިން ދައުލަތުގެ އާމްދަނީ ހުރިވަރަށް ދެވޭވަރުވާނެ ކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގައި ކަމުން އެ އަހަރާއި ހަމައަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓައިގެން މެނުވީ ދައުލަތުގެ ދަރަނި އަދި ކޭޝް ފްލޯ އެއްމިންގަނޑެއްގައި ހިފެހެއްޓުމަށް ދަތިވާނެ ކަމަށެވެ. އަދި ކޯވިޑާ ގުޅިގެން ނުދޭން ނިންމި މި އެލަވަންސްތައް ފަހުން ވެސް ދޭން ނިންމާފައި ނުވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތަށް ނިންމީ ކޯވިޑާ ގުޅިގެން ގެއްލުނު ފައިސާއަކީ އަލުން އަނބުރާ ލިބޭނެ އެއްޗެއް ކަމުގައި ނުވާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު