އަހުމަދު މަސްނޫމް   29 ސެޕްޓެމްބަރު 2021 - 16:4
އިޓަލީއަށް ދަތުރުކުރުމުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ "ރެޑް ލިސްޓުން" ރާއްޖެ އުނިކޮށްފިއެވެ.

އިޓަލީގެ ރެޑް ލިސްޓުން ރާއްޖެ އުނިކުރުމުން ރާއްޖެއައިސް އަނބުރާ އެ ގައުމަށްދާ މީހުން ކަރަންޓީންވާން ނުޖެހޭނެއެވެ.

އިޓަލީގެ ރެޑް ލިސްޓުން ނެގުމަށްފަހު އެ ޤައުމުގެ ގްރީން ލިސްޓަށް ރާއްޖެ ލާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. ރާއްޖޭގެ އިތުރުން އެހެން 7 ގައުމެއްވެސް ވަނީ އިޓަލީގެ ގްރީން ލިސްޓަށް ލާފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭސް، މިސްރު، ކެންޔާ، އޮމާން، ޕާކިސްތާން، ސްރީލަންކާ، އަދި ތުރުކީއެވެ.

އިޓަލީގެ ރެޑް ލިސްޓުގައި މިވަގުތުވެސް 54 ގައުމެއް އެބައޮތެވެ. އެހެންކަމުން ރެޑް ލިސްޓުން ރާއްޖެ އުނިވުމަކީ އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމެކެވެ.

އިނގިރޭސިވިލާތުންވެސް ވަނީ އެ ޤައުމުގެ ރެޑް ލިސްޓުން މިމަހު ރާއްޖެ ނަގާފައެވެ.



ކިޔުންތެރިންގެ ހިޔާލު