މީހުން ބިނާކުރުމަށް ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ހޭދައެއްކުރީ މި ސަރުކާރުންކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވަޒީރާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ ހަސަން ވިދާޅުވީ މިސަރުކާރުން މިވީ ކުރު މުއްދަތުގައި ރާއްޖޭގެ ތާރީހުގައި މިހާތަނަށް މީހުން، ބިނާކުރުމަށާއި، މަތީ ތައުލީމް އުގަންނައި ދިނުމަށް ނުކުރާވަރުގެ ބޮޑެތި ހޭދަތަކެއް ކޮށްފައިވާކަމަށެވެ. އަދި މިހިނގާ ރިޔާސީ ދައުރަކީ ރާއްޖޭގެ ތައުލީމީ ހަޔާތުގައި މީހުން ބިނާ ކުރުމަށާއި، އުގަންނައި ދިނުމަށް އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދުވަސްތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދިމާވި ދަތި ދުވަސްތަކުގައިވެސް މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައިނުވާކަމަށާއި އަދި ސްކޮލާޝިޕްތަކާއި، ސްޓޫޑެންޓް ލޯނު ހަމަޖެއްސުމުގައިވެސް އެއްވެސް ދައްޗެއް ނެތި ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިދައުރުގައި މިހާތަނަށް އާދަޔާއި ޚިލާފް މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި މީހުން ބިނާކުރުމަށްޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކުވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާކަމަށެވެ.
ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް 514 ދަރިވަރުންނަށް މިހާތަނަށް ލޯނު ދޫކޮށްފައެވެ. މިއީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ހުޅުވާލީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުالله ވަޙީދު، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންއާ ސުވާލުކުރެއްވުން pic.twitter.com/NJgGIUrBiL
— People's Majlis (@mvpeoplesmajlis) September 29, 2021
މިނިސްޓަރ ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން ދިމާވި ދަތި ދުވަސްތަކުގައިވެސް މަތީ ތައުލީމަށް ކިޔަވަން ބޭނުންވާ އެއްވެސް ދަރިވަރަކަށް ސަރުކާރުން ހަމަޖައްސަން ޖެހޭ އެއްވެސް ކަމަކަށް ދަތިވެފައިނުވާކަމަށާއި އަދި ސްކޮލާޝިޕްތަކާއި، ސްޓޫޑެންޓް ލޯނު ހަމަޖެއްސުމުގައިވެސް އެއްވެސް ދައްޗެއް ނެތި ސަރުކާރުން އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މިދައުރުގައި މިހާތަނަށް އާދަޔާއި ޚިލާފް މަސައްކަތްތަކެއް ކުރެވިއްޖެކަމަށާއި މީހުން ބިނާކުރުމަށްޓަކައި، އަދި ޚާއްސަކޮށް މަތީ ތައުލީމާއި، ތަމްރީން ހޯދުމަށް ދުވަހަކުވެސް ނުކުރެވޭ ވަރުގެ މަސައްކަތްތަކެއް މިސަރުކާރުން ކޮށްފައިވާކަމަށެވެ.
ސަރުކާރުން ވަނީ މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދިނުމަށް 514 ދަރިވަރުންނަށް މިހާތަނަށް ލޯނު ދޫކޮށްފައެވެ. މިއީ ސްޓޫޑެންޓް ލޯން ދޭ އުޞޫލަށް ބަދަލުގެނެސް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ޙާސިލްކުރަން ހުޅުވާލީ ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 550 ފުރުޞަތު ހުޅުވާލިއިރު މިކަމަށް 151 މިލިޔަން ރުފިޔާ ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު