މުއްދަތު ހަމަވެފައިވާ އައިޑީ ޑޮކިއުމެންޓްތައް އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ބުނީ ކޯވިޑްގެ ޙާލަތާ ގުޅިގެން އައިޑެންޓިފިކޭޝަންގެ ގޮތުގައި ބޭނުންކުރާ ލިޔެކިޔުންތައް ހޯދުމުގައި އަދިވެސް ދަތިތައް ކުރިމަތިވާކަމުގެ ޝަކުވާ ލިބެމުންދާކަމަށެވެ. އެގޮތުން އެކަމަަށް ލުޔެއް ހޯދައިދިނުމަށް، މުއްދަތު ހަމަވެފައިވާ ޓްރެވަލް ޑޮކިއުމަންޓް ބޭނުންކޮށްގެން އެތެރޭގެ އުދުހުންތައް ކުރިއަށްގެންދިއުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާކަމަށް އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
އެގޮތުން އައިޑީ ކާޑް، ޕާސްޕޯޓް، ވަރކް ވިސާ ކާޑް، ލައިސަންސް ކާޑް، އެއަރޕޯޓް ސެކިއުރުޓީ ފާސް އަދި ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑް ނަންބަރުޖެހި ރަސްމީ ލިޔުން ބޭނުންކޮށްގެންވެސް އެތެރޭގެ ދަތުރުތައް ކުރެވޭނެކަމަށް އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.
އެމްއެންޑީއެފްގެ ޑިރެކްޓޮރޭޓް އޮފް ސެކިއުރިޓީ އެޑްމިނިސްޓްރޭޝަނުން ބުނީ މީގެއިން ލިޔެލިޔުމެއްގެ މުއްދަތު ހަމަވެފައިވީނަމަވެސް އޭގައި ހިމެނޭ މަޢޫލޫމާތު ސާފުކޮށް އެނގޭނަމަ، ޓިކެޓް ނެގުމަށާއި، އެއަރލައިނަށް ޗެކްއިން ކުރުމަށާއި، ސެކިއުރިޓީ ޗެކްޕޮއިންޓަކުގައި އެ ޑޮކިއުމަންޓް ބޭނުންކުރެވޭނެކަމަށެވެ.
ކޮވިޑް19ގެ ޙާލަތާ ގުޅިގެން އެހެނިހެން ޚިދުމަތްތަކުގައިވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރެވޭގޮތަށް ޑިޕަރޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަންއިންވެސް ހަމަޖެއްސިއެވެ. އެގޮތުން ދަތުރުކުރުމާއި ޑޮކްޓަރަށް ދެއްކުމާއި އަދި ރަސްމީ ބޭނުމަށްވެސް މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ބޭނުންކުރެވޭނެ ނިޒާމެއް ހަމަޖެއްސިއެވެ.

ކިޔުންތެރިންގެ ހިޔާލު