ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވާލައިފައިވާތީ އޭނާ ހައްޔަރުކުރުމަށް ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (އަބްދުﷲ ބިން ޖަނާބު) ގޮވާލައްވައިފިއެވެ.
ދުނިޔޭގެ އެހެން ގިނަ ގައުމުތަކޭ އެެއްފަދައިން ރާއްޖޭގައި ވެސް ދީނީ މިިނިވަން ކަމުގައި "ޔުނިވާސަލް ޕްރެކްޓިސް" އެއް ގެންގުޅެން ޖެހޭ ކަމަށް ވިދާޅުވެ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބުދު ﷲ ޖާބިރު ވަނީ ގޮވާލައްވާފައެވެ. އެކަމާ ގުޅިގެނަ ސަލަފް ޖަމިއްޔާގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް (އަބްދުﷲ ބިން ޖަނާބު) ވިދާޅުވީ، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފުވާހަކަ ރައްޔިތުންގެ މަޖުލީހުގައި ވިޔަސް ނުދެއްކޭނެ ކަމަށެވެ. ގާނޫނާހިލާފުވާ ހަމަ ކޮންމެމީހަކީ ގާނޫނުގެ އަދަބުލިބެންޖެހޭނެ މީހެެއް ކަމަށް އޭނާ ވިދާޅުވިއެވެެ. އަދި އެކަހަލަ ކަންކަން ތަހަންމަލުކޮއްގެން ދިވެހި މުސްލިމު ރައްޔިތުން ތިބެގެންނުވާނެ ކަމަށް ސަލަފުގެ ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ޖާބިރު ހައްޔަރުކޮށް އެންމެ މަތީ އަދަބެއް ދޭން ސަލަފުގެ ރައީސް ވަނީ ގޮވާލައްވާފައެވެ.
ޖާބިރުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ އަދަދެއްގެ ދީނީ އިލްމްވެރިންނާއި އާންމު ރައްޔިތުން ވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖާބިރު ދީނީ މިނިވަންކަމަށް ގޮވާލި މައްސަލަ ހޫނުވެ ފާޑުކިޔުން އަމާޒުވާން ފެށުމުން ރައްޔިތުންގެ މަޖިލީހުން އިސްވެ އެމައްސަލަ މިހާރު ވަނީ ބަލަން ފަށާފައެވެ.
ގާނޫނުއަސާސީން މަޖިލީހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒްތަކުގެ ދަށުން މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި ދައްކާ އެއްވެސް ވާހަކައަކާ ގުޅިގެން ތަހުގީގެއް ހިންގައި، ދައުވާކޮށް، ކޯޓަށް ހާޒިރު ނުކުރެވޭނެެއެވެ. ނަމަވެސް އެ އިމްތިޔާޒް ލިބޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް މެމްބަރުން ދައްކާ ވާހަކަތަކަށް ކަމަށް އިމްތިޔާޒުގެ ގާނޫނުގައި ބުނެފައިވެއެވެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ދީނީ މިނިވަންކަމަށް ގޮވާލައި ވާހަކަ ދެއްކެވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެވެެ.

ކިޔުންތެރިންގެ ހިޔާލު