ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަސް ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން މި އަހަރު ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފިއެވެ.
އެޗްޑީސީން މިއަދު ބުނެފައިވަނީ އިސްރަށްވެހިންނަށް މުޖުތަމައުގައި ހިންގާ ކަންކަމުގައި ބައިވެރިވުމުގެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު އެ ކޯޕަރޭޝަނާއި، ދިރާގާއި ގުޅިގެން ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާކަމަށެވެ.
އެގޮތުން ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން އެޗްޑީސީން ރާވާފައިވާ މި ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވަނީ 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ހުޅުމާލޭ ރުއްގަނޑު އެކެއްގައި، 6:30 އިން 08:30 އަށެވެ. މި ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރޭވިފައިވާ, ލުއި ނާސްތާއަކާއި، މަޖާ ކުޅިވަރުތައް އެކުލެވޭ ހަރަކާތެއް ކަމަށް ވެސް އެޗްޑީސީން ހާމަ ކޮށްފައިވެއެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންފުޅުވާ 65 އަހަރުން މަތީގެ ބޭއްފުޅުންނާއި ގްރޫޕުތައް ރަޖިސްޓްރީވުމަށް 7924392 ނަންބަރު ފޯނަށް ގުޅުއްވުމުން ރެޖިސްޓްރޭޝަންގެ އެންމެހާ ކަންކަން ހަމަޖެހޭނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އިސްރަށްވެހިންނަށް މުޖުތަމައުގައި ހިންގޭ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތުތައް ފަހި ކޮށްދީ މި އަހަރުގެ އިސްރަށްވެހިންގެ ދުވަހު މި ކޯޕަރޭޝަނާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާއި ގުޅިގެން ހިންގުމަށް ރޭވިފައިވާ ހަރަކާތްތަކުގައި ބައިވެރިވެ ލައްވާ! pic.twitter.com/vP389ifMgu
— HDC (@hdcmaldives) September 29, 2021
އެގޮތުން ބައިނަލްއަގްވާމީ އިސްރަށްވެހިންގެ ދުވަހާ ގުޅިގެން އެޗްޑީސީން ރާވާފައިވާ މި ހަރަކާތްތައް ބާއްވަން ހަމަޖެހިފައިވަނީ 2 އޮކްޓޯބަރ 2021 ވަނަ ދުވަހު ހުޅުމާލޭ ރުއްގަނޑު އެކެއްގައި، 6:30 އިން 08:30 އަށެވެ. މި ހަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ރޭވިފައިވާ, ލުއި ނާސްތާއަކާއި، މަޖާ ކުޅިވަރުތައް އެކުލެވޭ ހަރަކާތެއް ކަމަށް ވެސް އެޗްޑީސީން ހާމަ ކޮށްފައިވެއެވެ.
މި ހަރަކާތުގައި ބައިވެރިވާން ބޭނުންފުޅުވާ 65 އަހަރުން މަތީގެ ބޭއްފުޅުންނާއި ގްރޫޕުތައް ރަޖިސްޓްރީވުމަށް 7924392 ނަންބަރު ފޯނަށް ގުޅުއްވުމުން ރެޖިސްޓްރޭޝަންގެ އެންމެހާ ކަންކަން ހަމަޖެހޭނެކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު