ބަންދުކޮށްފައިވާ އައްޑޫގެ ރިސޯޓްތައް ހުޅުވުމަށް ދިގު މުއްދަތެއް ސަރުކާރުން ނުދޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދު ﷲ މައުސޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމް ވިދާޅުވީ، ބަންދުކޮށްފައިވާ އައްޑޫ ސިޓީގެ ރިސޯޓްތައް ހުޅުވުމަށް ގަވާއިދުގައި ބުނާ މުއްދަތެއް ދޭނެ ކަމަށާއި، އެ ރިސޯޓްތައް ހުޅުވުމަށް އިތުރު މުއްދަތެއް ސަރުކާރުން ނުދޭނެ ކަމަށެވެ.
އަދި އައްޑޫ ސިޓީގެ ރިސޯޓްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން އައްޑޫ ސިޓީއަށް ލިބޭ ގެއްލުން ބޮޑު ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. ބަންދުކޮށްފައިވާ އަައްޑޫގެ ރިސޯޓްތައް ހުޅުވުމުގެ ގޮތުން އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ މަތިންދާބޯޓް އެތަނަށް ގެންދިޔުން ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މި އުއްމީދުކުރަނީ ވެލާނާ އެއާޕޯޓް ފުރިފައި އޮތީމަ ޚާއްސަކޮށް އެހިސާބަށް އެހެން މަތިންދާ ބޯޓްތައް ދާނެ ކަމަށް. މޯލްޑިވިއަން އާ އެއްކޮށް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު މަޝްވަރާތައް އެބަކުރެވޭ، މޯލްޑިވިއަނުން މިހާރު އޮތީ ސަބް ޒޯން އެއް އެ ދޭތެރޭ ސެޓެލައިޓް ލިންކެއް ހަދަން ރެޑީވެފައި ސީޕްލޭންގެ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ފުރިހަމައަށް އޮތީ ތައްޔާރުވެފައި." މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. މައުސޫމް ވިދާޅުވީ، އަންނަ އަހަރު ލޯކަލް ޓޫރިޒަމްގެ ތެރެއިން "ހޯމް ސްޓޭ" އަށް ޖާގަ ދިނުމުން އައްޑޫ ސިޓީގައި އެކަށީގެންވާ ވަރަކަށް އެނދު ހުންނާނެ ކަމަށެވެ. އޭރުން އައްޑޫ ސިޓީގެ ޓޫރިޒަމް ކުރިއަށްދާން ފަށާނެ ކަމަށާއި، ޓޫރިޒަމް ބާރަށް ކުރިއަށް ގެންދަން މިހާރު ބަންދުކޮށްފައި އޮތް ދެ ރިސޯޓު ހުޅުވުން މުހިންމު ކަމަށް ޑރ. މައުސޫމް ވިދާޅުވިއެވެ. ޑރ. މައުސޫމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އައްޑޫ ސިޓީއާއި ދެކުނު ސަރަހައްދަށް 8000 އެނދު ގެނައުން ކަމަށެވެ.
"އައްޑޫ ސިޓީއަށް އަންނާނެ ފަތުރުވެރިކަމުން ކުރިއެރުން، މިއިން ދުވަހަކު ނާންނަހާވަރަށް. މާޒީގައި ނާންނަހާ ބޮޑު ކުރިއެރުމެއް އަންނާނެ އިރާދަކުރެއްވިޔާ. އެ ކުރިއެރުން އަންނާނެ އެކުރިއެރުން ގެނައުމަށްޓަކައި އައްޑޫ ސިޓީއަށް ޚާއްސަ މަސައްކަތް ތަކެއް މިކުރެވެނީ ސަދަން ޒޯންގެ ގޮތުގައި." ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު