އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުން މާލެ ސަރަޙައްދުގައި ބަލަހައްޓަމުން ގެންދާ ކޯވިޑް ފެސިލިޓީތަކަށް ނަރުހުން ހޯދުމަށް އިޢުލާންކޮށްފިއެވެ.
އައިޖީއެމްއެޗުން އިއުލާންކޮށްފައިވަނީ 22 ރެޖިސްޓަރޑް ނަރުހުން ހޯދުމަށެވެ. އެ ނަރުހުން ހޯދަނީ 1 އަހަރު ދުވަހަށް، ވަގުތީ މުޢައްޒަފުންގެ ގޮތުގައެވެ.
ނަރުހުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ޑޮކްޓަރު ލިޔެދޭ ބޭހާއި އެއްގޮތަށް ފަރުވާދީ، ބަލިމީހާގެ ޙާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމާއި، ބަލިމީހާގެ ރެކޯޑްތައް ބެލެހެއްޓުމާއި ބަލިމީހުންނަށް ބޭނުންވާ ނަރސިން ކެއަރ ރާވައި، އެ ޚިދުމަތް ދިނުން ހިމެނެއެވެ.
މަގާމަށް ކުރިމަތިލާ ނަރުހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނަރސިންގެ ރޮނގަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކުރުން ހިމެނެއެވެ. މިމަގާމަށް ކުރިމަތިލުމުގެ މުއްދަތު އޮކްޓޫބަރުމަހުގެ 6 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާއިރު މި މަގާމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ނަރުހުންނަށް ކުރިމަތިލެވޭނެއެވެ.
މި މަޤާމުތަކަށް މަހު މުސާރައިގެ ގޮތުގައި -/9060 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް -/188 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު