ދައުލަތުން ބަލަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ފިއްލަވައިގެން އުޅުއްވާކަމަށްކަމުގައި ހައިކޯޓުގައި ބުނެފިއެވެ.
ދައުލަތުން ހައިކޯޓުގައި މިހެން ބުނެފައި ވަނީ އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅޭގޮތުން ކުރިއަށްދާ މައްސަލައެއްގައި މިއަދު ބޭއްވި އަޑު އެހުމުގައެވެ. މި އަޑުއެހުމަކީ އަލީީ ވަހީދުގެ އޯޑިނަރީ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުގައި އެދުމުން، ޕާސްޕޯޓު ނުހިފެހެއްޓުމަށް އެ ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބޭއްވި އަޑުއެހުމެކެވެ.
އޮންލައިންކޮށް މިއަދު ބޭއްވި އަޑު އެހުމުގައި މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޕާސްޕޯޓު ހިފެހެއްޓުމާއި ގުޅޭގޮތުން ފަނޑިޔާރުން ކުރެއްވި ސުވާލުތަކަށް ދައުލަތުން ޖަވާބު ދިނުމެވެ. އެގޮތުން ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފެހެއްޓޭނެ ކަމަށް ގާނޫނު ހެދިއިރު ބަޔާން ކޮށްފައި ނެތުމުން، ޕާސްޕޯޓް ހިފެހެއްޓޭނެތޯ ފަނޑިޔާރުން ސުވާލުކުރެއްވިއެވެ.
ދައުލަތުން ބުނީ ފިލައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓު ހިފަހައްޓަން ހުރަހެއް ނެތްކަމަށާއި އެއީ ރާއްޖެއިން ބޭރަށް ދިޔުމަކީ ފިލުން ކަމަށް ނުވިޔަސް، އޭނާ އެހެން ގައުމަކަށް ވެސް ފިލައިގެން ދިޔުމުގެ އިހްތިމާލު އޮތުމުން ކަމަށް ދައުލަތުން ބުންޏެވެ.
އަލީ ވަހީދު ފުރައިގެން ދިޔަ ދިޔުމަކީ ފިލައިގެން ދިޔުންކަމަށް ދައުލަތުން ބުނުމުން ފަނޑިޔާރުން ވަނީ އެކަމާއި ސުވާލުކުރައްވާފައެވެ. އެކަމާއި ގުޅިގެން ދައުލަތުން ބުނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރީ ކޯޓުން އޭނާއަށް ހުއްދަ ދިނުމުން ކަމަށާއި ނަމަވެސް އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސް ފިލާފައިވާ ކަމަށެވެ. އަދި ހައި ކޯޓުގެ ކުރީގެ ހުކުމުން އެކަން އެނގޭކަމަށް ދައުލަތުން ބުންޏެވެ.
އަދި އޭނާ ހުރި ތަނެއް އެނގުނަސް، ދައުލަތަށް އޭނާއާ ހިސާބަށް ވާސިލުވެ، އޭނާގެ ގައިގައި އަތް ލެވޭ ހިސާބުގައި ނެތުމުންވެސް އޭނާ ފިލިކަމަށް ބެލެވޭނެކަމަށް ދައުލަތުން ބުންޏެވެ.
3 ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މިމައްސަލައިގައި ދެން އޮންނަނީ ހުކުމް އިއްވެވުމެވެ.

ކިޔުންތެރިންގެ ހިޔާލު