އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުށެއް ސާބިތު ނުވަނީސް އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމްކޯޓުން މި އަމުރު ނެރެފައިވަނީ އަމީންގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މީޑިއާއަކުން އޭނާއާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަކަން ދޭހަވާ ފަދަ ގޮތަކަށް ފޮޓޯއެއް އާންމުކުރި މައްސަލަ އޭނާގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމުގައެވެ. އަދި އެ ކޯޓުގައި ހިނގަމުންދާ މުޙައްމަދު އަމީންގެ މައްސަލައާ ގުޅިގެން ޚިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ޚަބަރު ފެތުރުމުގެ ތެރޭގައި، މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމެއްކަމަށް އަމުރުގައިވެއެވެ.
މިއަދު ސުޕްރީމްކޯޓުގައި އޮތް އަޑުއެހުމުގައި މީޑިއާއެއްގައި އަމީނާ ގުޅުވައިގެން ޝާއިއުކުރި ފޮޓޯ އޭނާގެ ވަކީލުން ވަނީ ހުށަހަޅާފައެވެ. އަދި މީޑިއާތަކުން އޭނާއަކީ ކުށްވެރިއެއްކަން ދައްކަން މަސައްކަތްކުރާ ކަމަށްވެސް ވަކީލުން ތުހުމަތު ކުރެއްވިއެވެ.
ސުޕްރީމްކޯޓުގައި މިހާރު ކުރިއަށްދަނީ އަމީނަށް ކުރި ޓެރަރިޒަމްގެ ދެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުގެ އިސްތިއުނާފީ މައްސަލައެވެ. ހައިކޯޓުން އެގޮަތަށް ނިންމީ ޖިނާއީ އިޖްރައާތުގެ ގާނޫނުގައި ދައުވާކުރުމަށް ބުނާ މުއްދަތު ހަމަވެފައިވާކަމަށް ބުނެއެވެ.
އެ މައްސަލަަ އަޑުއެހުންތައް ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

ކިޔުންތެރިންގެ ހިޔާލު