ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމި ނިންމުން މަޖިލީހުގެ އިދާރާއިން ތަންފީޒުނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންނަށް އެއަރޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހިދުމަތާ ގުޅޭ ގޮތުން ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލަައުންޖު ބޭނުންކުރެވޭނެ ކަމަށެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާގައި ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދުނުކުރާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއްމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.
މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ މަޖިލީހުގެ ޢާއްމު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު, މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެ އެވެ.

ކިޔުންތެރިންގެ ހިޔާލު