ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރުގެ މަޤާމުގެ މެޖިސްޓްރޭޓްގެ މަގާމަށް ދަށްކޮށް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް މިއަދު ހަމަޖައްސައިފިއެވެ.
ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކުރަން ނިންމައި، ޖޭއެސްސީން އެކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހަފުތާގައެވެ.
ޖޭއެސްސީން އަލީ ނަސީރުގެ މަޤާމު ދަށްކުރީ ސިވިލް ކޯޓުގެ ދެ ގަޒިއްޔާއެއްގައި ހިމެނޭ ހަސްމުން، އެ ދެ ގަޒިއްޔާ އެއްކޮށް ނިންމުމަށް އެދެމުން ދަނިކޮށް، އޭގެ ތެރެއިން އެއް ގަޒިއްޔާ އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް މިވަގުތު ނެތްކަމަށް ކަނޑައަޅައި، ގަޒިއްޔާގެ ދައުވާ ފޯމު ބާތިލުކޮށް ހުކުމް ކޮށްފައިވާ މައްސަލައެއްގައެވެ. ޖޭއެސްސީން ބުނީ އެގޮތަށް ހުކުމްކުރީ އެ ގަޒިއްޔާގެ މައުލޫއަށް ހުކުމްކުރުމުގެ ބަދަލުގައި، އަހަރު ދުވަސްވެފައިވާ މައްސަލައެއް އޭނާގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައިކަން އެ ކޮމިޝަނުން ކުރި ތަހުގީގުން ސާބިތުވެފައިވާ ކަމަށެވެ.
ޖޭއެސްސީން އިތުރަށް ބުނީ، ކޯޓަށް ހުށަހެޅިފައިވާ ކަންކަމާމެދު ފައިސަލާ ކޮށް ގޮތެއް ނިންމުމުގެ ބަދަލުގައި ވަކި މުއްދަތެއްވީ މައްސަލައެއް ފަނޑިޔާރުގެ އަތުގައި ނުބޭއްވުމުގެ މަގުސަދުގައި މައްސަލައިގެ ހަސްމުން އެދިފައި ނުވާ ގޮތެއްގެ މައްޗަށް މައްސަލައިގައި ހުކުމްކޮށް މައްސަލަ ކޯޓުން ނުބަލައި ބޭރު ކުރުމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފުކަމެއްކަމަށެެވެ.
ގާޒީ އަލީ ނަސީރުގެ މަގާމު ދަށްކުރަން ނިންމައި، އޭނާއަށް ފިޔަވަޅު އަޅާފައިވާއިރު އޭނާގެ އިތުރު މައްސަލައެއްވެސް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު