ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓު މިއަދު ނެރުނު އަމުރާއި ޚިލާފުވާގޮތަށް އެއްވެސް ކޮންޓެންޓެއް ހިމެނިފައިވޭތޯ ބަލައި ޗެކްކުރުމަށްފަހު، އިސްލާހުކުރުމަށް މީޑިއާތަކުގެ އެޑިޓަރުންނަށް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މީޑިއާ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައި މިވަނީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުށެއް ސާބިތު ނުވަނީސް އޭނާއަކީ ކުށްވެރިއެއްގެ ގޮތުގައި ދައްކަން މަސައްކަތްކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގައި ބަލާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން އެންގުމާއި ގުޅިގެނެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމުގައިވާތީ، އެ ޙައްޤަށް އެއްވެސް އަސަރެއް ކުރާނެ މޭރުމަކުން އެ މައްސަލައިގެ ޚަސްމު ތަސައްވަރުކޮށް ދިނުމުގެ ގޮތުން އެއްވެސް ޚިޔާލެއް ފާޅުކުރުމަކީ ނުވަތަ ޚަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެ ކަމަށް، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިއަދު އާންމުކޮށް އަންގާފައިވާތީ، އެކަން ނޫސްވެރިންނާއި މީޑިއާތަކުގެ ސަމާލުކަމަށް ގެނަސްފައެވެ.
އެހެންކަމުން، މިހާރު ޝާއިޢުކޮށްފައިވާ އެއްވެސް ކޮންޓެންޓެއްގައި ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) އާއި ޚިލާފުވާ ނުވަތަ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ބުނެވިދިޔަ އަމުރާއި ޚިލާފުވާގޮތަށް އެއްވެސް ކޮންޓެންޓެއް ހިމެނިފައިވޭތޯ ބަލައި ޗެކްކުރުމަށްފަހު، އިސްލާހުކުރުމަށްވެސް މީޑިއާތަކުގެ އެޑިޓަރުންނަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
ސުޕްރީމްކޯޓުން މި އަމުރު ނެރެފައިވަނީ އަމީންގެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށް މީޑިއާއަކުން އޭނާއާ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮންނަކަން ދޭހަވާ ފަދަ ގޮތަކަށް ފޮޓޯއެއް އާންމުކުރި މައްސަލަ އޭނާގެ ފަރާތުން ޝަކުވާއެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މިއަދު ހުށަހެޅުމުންނެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ޖިނާއީ ކުށެއް ކުރިކަމުގެ ދައުވާ އެމީހެއްގެ މައްޗަށް އުފުލިފައިވާ ކޮންމެ ފަރާތަކީ ކޯޓުން އެމީހެއްގެ މައްޗަށް ކުށް ސާބިތުވުމުގެ ކުރިން ކުށެއް ނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމުގައެވެ. އަދި އެ ކޯޓުގައި ހިނގަމުންދާ މުޙައްމަދު އަމީންގެ މައްސަލައާ ގުޅިގެން ޚިޔާލު ފާޅުކުރާ ފަރާތްތަކުންނާއި ޚަބަރު ފެތުރުމުގެ ތެރޭގައި، މައްސަލައިގެ މައުޟޫއަށް ކޯޓުން ވަކިގޮތަކަށް ނިންމުމުގެ ކުރިން، ގާނޫނުއަސާސީގައި ބަޔާންވެގެންވާ ހައްގަށް އެއްވެސް އުނިކަމެއް އަންނާނެ މޭރުމަކުން މައްސަލައިގެ ހަސްމު ތަސައްވަރުކޮށްދިނުމުގެ ގޮތުން އެއްވެސް ހިޔާލެއް ފާޅުކުރުމަކީ ނުވަތަ ހަބަރެއް ގެނެސްދިނުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމުގައި ބެލެވޭނެކަމެއްކަމަށް އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު