ރާއްޖޭގައި އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އޭގެފަހުން އެކަން ނިމުމަކަށް ގެނެސްފައެއް ނުވެއެވެ.
އެންމެފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެމުއްދަތު މާދަމާ ހަމަވާއިރު ހެލްތު މިނިސްޓަރު ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވިދާޅުވީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތުމުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އޮތްގޮތަށް ބާއްވަން ނިންމެވީ ކަމަށެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އަދަދުތައް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާއިރު، އާއްމުކޮށް މިހާރު ގިނަ ކޭސްތައް ފެންނަނީ ރަށްރަށުންނެވެ. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު