އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު މުހައްމަދު (ޓޫފޯ) އާއި އެސިސްޓެންޓް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ.
މިއީ ހިދުމަތުގައި ދެމިތިބި ހަތް އޮފިސަރަކު ވަކިކުރަން ޕޮލިސް ބޯޑުގެ ނިންމުން ދިރާސާކުރުމަށްފަހު މި ދެ ބޭފުޅުން ވަކިކުރުމުގެ އިޖުރާއަތު ފަށަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ފޮނުއްވި ނޯޓިސްއެކެވެ.
ނަމަވެސް ފުލުހުން މިކަމާއި ގުޅިގެން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭސީޕީ ޖަމްޝީދާއި އޭސީޕީ އަހުމަދުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީއާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމްވެސް ވަކިކުރަން ޕޮލިސް ބޯޑުން ވަނީ ނިންމާފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ ދަށުން ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.
އައު ގާނޫނު ބުނާ ގޮތުން ގާނޫނަށް އަަމަލު ކުރާއިރު ތިބި ފުލުހުންގެ އިސް އޮފިސަރުންގެ މައްސަލަތައް އެ ގާނޫނުގެ ދަށުން އުފައްދާ ޕޮލިސް ބޯޑުން ބަލައި އެމީހުން މަގާމުގައި ބޭތިއްބުމާ މެދު ގޮތެއް ނިންމަން ޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު