މިސަރުކާރުން ދިވެހި ދައުލަތުގެ ބާރުތަކާއި ވަސީލަތްތައްވެސް އިންޑިއާއަށް ދީފައިވާ ކަމަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަދުރޭ މިހެން ވިދާޅުވީ ސަރުކާރާއި ދެކޮޅަށް އިދިކޮޅުން "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ފަށާ ކެމްޕޭން ލޯންޗުކުރުމަށް ރޭ އަލިމަސް ކާނިވަލުގައި ބޭއްވި ހާއްސަ ޖަލްސާގައެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ދައުލަތުގެ ކޮންމެ އަގުހުރި ތަރިކައެއް އިންޑިއާއަށް ރަހުނުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލް، އޮލިމްޕަސް، ވެލާނާގެ، މަދަރުސާތައް ހިމެނޭކަމަށް އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ރާއްޖެއަށް އެތެރެވާ މުދަލާއި ބޭރުވާ މުދަލުގެ ތަފްސީލް ވަގުތުން ވަގުތަށް އިންޑިއާއަށް ލިބޭ ގޮތް ހަދާފައިވާ ކަމަަށާއި އަދި ދިވެހި ކަނޑުގެ ސަރަހައްދާއި ބިމުގެ ސަރަހައްދުގެ ހުރިހާ ސިއްރުތަކެއްވެސް އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ހދ. ހަނިމާދޫއާއި، ލ. ކައްދޫއާއި، އައްޑޫ ސިޓީއާއި، މާލެ އަތޮޅުގައި އޮތް އުތުރުތިލަފަޅާއި ގުޅިފަޅު ވެސް މިހާރު އޮތީ އިންޑިއާގެ ބާރުގެ ދަށުގައި ކަމަށެވެ.
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވަނީ ރާއްޖޭގައި ގާނޫނާ ހިލާފަށް ތިބިކަމަށް އިދިކޮޅުން ބުނާ އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ޕެޓިޝަނުގައި ބުނަނީ ރައީސްގެ ސަރުކާރުން ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައިވާކަަމަށެވެ. އަދި އެއީ ގާނޫނާ ހިލާފުކަމެއްކަމަށްވެސް ޕެޓިޝަނުގައިވެއެވެ. އެހެންކަމުން މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މި ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އެ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ކިޔާފައެވެ. މިގޮތުން އިންޑިއާއާއެކު ބާއްވާ ގޮތް ނޭނގޭ ގުޅުމާއި، ދީނަށް ކުރާ ފުރައްސާރައިގެ ކަންކަމުގައި އަޅާނުލާ މައްސަލަވެސް ހިމެނެއެވެ.

#HappsNow
— Azhart (@Azhartu) September 30, 2021
Mihaaru kuriyah dhaa PPM ge #MinivankamugeDhifaaugai Jalsaa ge therein.#FreePresidentYameenNow pic.twitter.com/cK4hp3Wz3B
ޕީޕީއެމުން ރޭ ބޭއްވި ޖަލްސާގައި ވަނީ ރާއްޖޭގައި ގާނޫނާ ހިލާފަށް ތިބިކަމަށް އިދިކޮޅުން ބުނާ އިންޑިއާގެ ސިފައިންނާއި ވަސީލަތްތައް ރާއްޖެއިން ބޭލުމަށް އިންޑިއާ ސަރުކާރަށް ގޮވާލައި ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައެވެ.
މި ޕެޓިޝަނުގައި ބުނަނީ ރައީސްގެ ސަރުކާރުން ސިއްރު އަސްކަރީ އެއްބަސްވުންތަކެއް ގާއިމްކޮށް، ރާއްޖޭގައި އިންޑިއާގެ އަސްކަރީ ބޭނުންތަކަށް ތަންތަން ދޫކޮށްފައިވާކަަމަށެވެ. އަދި އެއީ ގާނޫނާ ހިލާފުކަމެއްކަމަށްވެސް ޕެޓިޝަނުގައިވެއެވެ. އެހެންކަމުން މި އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމާއި މުއައްސަސާތަކުން ރައްޔިތުންގެ ބާރުވެރިކަން ގެއްލި، ކަނޑުގެ ވަސީލަތްތަކުގެ މައްޗަށް ދިވެހިންގެ ސިޔާދަތީ ބާރުކެނޑި އަދި މި ގައުމުގެ މިނިވަން ކަމަށް ބުރޫ އަރާފާނެތީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް މި ޕެޓިޝަނުގައި ވަނީ އެދިފައެވެ.
ޕީޕީއެމުން ރޭ ބޭއްވި ބޮޑު ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިއިރު، އެ ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ސަރުކާރުގެ އެކިއެކި ސިޔާސަތުތަކަށް ފާޑު ކިޔާފައެވެ. މިގޮތުން އިންޑިއާއާއެކު ބާއްވާ ގޮތް ނޭނގޭ ގުޅުމާއި، ދީނަށް ކުރާ ފުރައްސާރައިގެ ކަންކަމުގައި އަޅާނުލާ މައްސަލަވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު