ކޮވިޑާ ގުޅިގެން ފަސްކުރި އެކްސްޕޯ 2020 މިއަދު ފަށައިފިއެވެ.
މިއަހަރުގެ އެކްސްޕޯ 2020 ކުރިއަށްދަނީ ޑުބާއީގައެވެ. 190 ގައުމަކުން ބައިވެރިވާ މި އެކްސްޕޯ ކުރިއަށްދާނީ ކުރިއަށް އޮތް ހަމަސް ދުވަހަށެވެ.
އެކި ގައުމުތަކުގެ ސަގާފަތާއި، ހުނަރާއި، ފަތުރުވެރިކަމާއި، އެކި ޕްރޮޑަކްޓްތައް ޕްރޮމޯޓްކޮށްދޭ މިއަހަރުގެ މިހާއްސަ އެކްސްޕޯގެ ޓިކެޓެއްގެ އަގު އުޅެނީ 95 ދިރުހަމާއި 1750 ދިރުހަމާއި ދެމެދުއެވެ.
އެކްސްޕޯ 2020 އަށް ތައްޔާރުވުމުގެ ގޮތުން ޑުބާއީގެ ސަރުކާރުން 7 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، މިއެކްސްޕޯ މެދުވެރިކޮށް 25 މިލިއަން ފަތުރުވެރިން ކުރިއަށް އޮތް ހަމަސްދުވަހުގެ ތެރޭގައި އެގައުމަށް ޒިޔާރަތްކުރާނޭކަމަށް ލަފާކޮށްފައިވެއެވެ.
އެކްސްޕޯ 2020 އަށް ޒިޔާރަތް ކުރެވޭނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ފުރިހަމަ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ޑުބާއީގެ ސަރުކާރުން ވަނީ ނިންމަވާފައެވެ. މިގޮތުން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް އެކްސްޕޯއަށް ވަދެވޭނީ ޕީސީއާރް ޓެސްޓެއްގެ ނެގަޓިވް ނަތީޖާ ހުށައަޅަން ޖެހޭނެ އެވެ.
ބައިނަލްއަގުވާމީ މިއެކްސްޕޯ މިހާރު ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާފައެވެ. އަދި މިއަހަރުގެ ޑުބާއީ އެކްސްޕޯ ވެގެން ދާނީ އަރަބި ގައުމެއްގައި ފުރަތަމަ ބާއްވާ އެކްސްޕޯ އަށެވެ. އެންމެ ފަހުން މި އެކްސްޕޯ ބާއްވާފައިވަނީ 2017 ވަނަ އަހަރު، ކަޒަކަސްތާނުގައެވެ.
ސިލްސިލާކޮށް ބާއްވަމުންދާ މި ވޯލްޑް އެކްސްޕޯ ރަސްމީކޮށް ފަށާފައިވަނީ 1851 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބޭއްވި އެކްސްޕޯ އާއެކުއެވެ.

ކިޔުންތެރިންގެ ހިޔާލު