ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މާތުރެޚް ޢަބުދުﷲ އެމް އަލްދަސަންއާ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ.
ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ސަޢޫދީ ސަރުކާރުގެ ފަރާތުން މާލޭ ސިޓީގެ ތަރައްޤީއަށް ބޭނުންވާ އެހީތެރިކަމާބެހޭގޮތުން ވަނީ މަޝްވަރާކުރަށްވާފައެވެ. އެގޮތުން މިހާރު ހިންގާ މަޝްރޫޢުތަކާއި، އަދި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރެއިން އެހީތެރިކަން ދެއްވިދާނެ އަދި ޝައުގުވެރިކަން ހުރި މަޝްރޫޢުތަކާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމެކެވެ. އެގޮތުން ކިންގް ސަލްމާނު މިސްކިތާއި، އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢަށް އެގައުމުން ވެދިން އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު