އެޗްޑީސީން ޚިދުމަތްތެރި ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާލައިފިއެވެ.
އެޗްޑީސީން ބޭއްވި 4 ވަނަ އެޕްރެންޓިސް ޕްރޮގްރާމް ނިންމާލަން ބޭއްވި ރަސްމިއްޔާތުގައި ޕްރޮގްރާމް ފުރިހަމަކުރި ހުރިހާ ފަރާތްތަކަށްވަނީ ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަނެވެ.
އެޗްޑީސީން މިއަހަރު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ ސެޓްފިކެޓް 55 ބައިވެރިން ހާސިލް ކޮށްފައިވާއިރު، މި ޕްރޮގްރާމް ކުރިޔަށް ދިޔައީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވްލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި 6 ދާއިރާއަކުން ބައިވެރިން ތަމްރީންކުރެވިފައިވާއިރު، އޭގެތެރޭގައި ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑްނިންގ އަދި އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާ ހިމެނެއެވެ. މި ޕޮރޮގްރާމަކީ ޕްރޮގްރާމްގެ ބައިވެރިއަކަށް 6000 ރުފިޔާގެ އެލަވަންސެއްވެސް ލިބޭގޮތަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ގިނަ ދާއިރާތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމަށް އެޗްޑީސީން ދަނީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދެވޭނެކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

We have successfully concluded another round of our Apprenticeship program with a total of 54 graduates this year. Minister of higher education, Dr. Ibrahim Hassan was our chief guest, in the presence of our MD, Mr.Suhail Ahmed and our DMD, Mr.Ahmed Athif. @MoHEmv pic.twitter.com/cIYLegOBc7
— HDC (@hdcmaldives) October 1, 2021
އެޗްޑީސީން މިއަހަރު ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގެ ސެޓްފިކެޓް 55 ބައިވެރިން ހާސިލް ކޮށްފައިވާއިރު، މި ޕްރޮގްރާމް ކުރިޔަށް ދިޔައީ މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވްލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް (އެން.އޭ.ޕީ) ގެ ގައިޑްލައިންސްއާ އެއްގޮތަށެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ނެޝަނަލް ލެވެލް 3 ގެ ސަނަދެއް ލިބޭނެ ކަމަށް ވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ޕްރޮގްރާމްގައި 6 ދާއިރާއަކުން ބައިވެރިން ތަމްރީންކުރެވިފައިވާއިރު، އޭގެތެރޭގައި ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑްނިންގ އަދި އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާ ހިމެނެއެވެ. މި ޕޮރޮގްރާމަކީ ޕްރޮގްރާމްގެ ބައިވެރިއަކަށް 6000 ރުފިޔާގެ އެލަވަންސެއްވެސް ލިބޭގޮތަށް އެޗްޑީސީން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ގިނަ ދާއިރާތަކަކުން ޤާބިލް ޒުވާނުން ބިނާކުރުމަށް އެޗްޑީސީން ދަނީ ގިނަ ފުރުސަތުތަކެއް ފަހިކޮށްދެމުންނެވެ. އެގޮތުން މިޕްރޮގްރާމް ނިމިގެންދާއިރު އެންމެ ރަނގަޅު ފަރާތްތަކަށް އެ ކޯޕަރޭޝަނުގައި ވަޒީފާގެ ފުރުސަތުތައް ހުރި މިންވަރަކުން ވަޒީފާ ހަމަޖައްސައިދެވޭނެކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު