އެމްޑީޕީގެ ތެރޭގައި މަސްލަހަތު ގެއްލެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕާޓީން ދޭންޖެހޭ އެއްބާރުލުން ނުލިބޭތީ ކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑިޔާ އަކުން މިއަދު މެންެދުރުފަހު ގެނެސްދިން ޕްރޮގުރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ އެމްޑީޕީގެ ތެރޭގައި މިހާރު ހިނގާ ކަންކަމަކީ ވެރިކަމާއި ތޮޅޭ ތޮޅުމެއްގެ ގޮތުގައި ސިފަ ކުރެވިދާނެ ކަމަށާއި، ޕާޓީގެ އެތެރޭގައި މިހާރު ކުރެވޭ ބަހުސަކީ ވެރިކަމުގެ ބާރުތައް އޮންނަންޖެހޭނީ ކޮން ބޭފުޅެއްގެ އަތުގައި ތޯ، ކުރެވޭ ބަހުސް ކަމަށެވެ.
މަހުލޫފް ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ޕާޓީގެ ތެރޭގައި ނުތަނަވަސްކަން އުފެދިފައިވާއިރު އެ ބަހުސްވެސް ވަކި ހިސާބަކުން ނިންމަންޖެހޭ ކަމަށެވެ. އެމްޑީޕީގެ އާންމު މެންބަރުން މާޔޫސްނުވާ ގޮތަށް އެ ބަހުސް ކުރިއަށް ގެންދިޔުމަށް މަހުލޫފް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ސާލިޙަކީ އެމްޑީޕީގެ އެންމެ އިސްލީޑަރު ކަމަށާއި، އެމަނިކުފާނަށް ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ރައްޔިތުންގެ މަޖިލީހާއި ގައުމީ މަޖިލީހާއި ޕާޓީގެ ހުރިހާ ގުނަވަންތަކުންނާއި އާންމު މެމްބަރުން ވެސް ދޭންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެެވެ.
"އެކަން ކުރެއްވުމުގައި ރައީސަށް ލިބިވަޑައިގަންނަވަން ޖެހޭ އެއްބާރުލުން އެކަށީގެންވާ ވަރަށް ނުލިބި މިކަހަލަ ކަންކަން ދިމާވާތީ ކަންނޭންގެ މަޑުމަޑުންގޮސް މަސްލަހަތު މި ގެއްލެނީ،" އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި މެދު އުތުރު ޕްރޮވިންސްގެ ރައީސްކަމަށް ބޮޑު އަޣުލަބިއްޔަތަކުން އިންތިޚާބުވެވަޑައިގެންނެވި މަހުލޫފް ވިދާޅުވިއެވެ.
މީގެ އިތުރުން މަހުލޫފް ވިދާޅުވީ އެމްޑީޕީގެ އެންމެ އިސް ލީޑަރަކީ ރައީސް ސޯލިހު ކަމަށް ވާތީ އެމަނިކުފާނަށް ފަސޭހަފުޅުވާނެ ގޮތަކަށް ކަންކަން ރާއްވަވަންޖެހޭ ކަމަށެވެ. މަހުލޫފް ވިދާޅުވީ 2023 ގެ އިންތިހާބު ކުރިމަތިވާއިރު ރައީސް ސޯލިހާއި ރައީސް ނަޝީދު ތިއްބަވާނީ އެކުގައި ކަމަށެެވެ. ރިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެ ދެބޭފުޅުން ވަކިން ތިއްބަވާނެ ކަމަށް ބަޔަކު ޖަހާ ހިސާބަކީ ނުބައި ހިސާބެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ. އަދި މަޖިލީސްތެރެއިން ނިމޭ ކޮންމެ ކަމަކާއި ގައުމީ މަޖިލީހުގެ ކޮންމެ ނިންމުމެއް ރައީސް ސޯލިހު ބޭނުންފުޅުވާ ގޮތަށް ނިމިގެން އައުމަކީވެސް ހިޔާލު ތަފާތުވުން އުފެދެން ޖެހޭ ސަބަބެއް ނޫން ކަމަށާއި، އެއީ މިއަދުގެ ހަގީގަތް ކަމަށް މަހުލޫފް ވިދާޅުވިއެވެ.
ރައީސް ޞާލިހާއި ނަޝީދާ ދެމެދުގައި އެންމެ ބޮޑަށް މައްސަލަ ގޯސްވީ ސަރުކާރުގެ ބާރުތަކާމެދު ދެބޭފުޅުންގެ މެދުގައި ޚިޔާލު ތަފާތުވެގެންނެވެ. އޭގެ ތެރޭގައި ބަރުލަމާނީ ނިޒާމު ގެނަސް ރައީސް ނަޝީދަށް ބޮޑުވަޒީރުކަން ދިނުމާމެދު ރައީސް ޞާލިހު ދެބަސްވެވަޑައިގެންނެވުން ވެސް ހިމެނެއެވެ. މި ޚިޔާލު ތަފާތުވުން ތަކުގައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވައި ލެއްވިކަން ވެސް އިޢުލާން ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު