ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓުގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގު މަސައްކަތް ނިންމާލައިފިއެެވެ.

އެޗްޑީސީން ބުނީ ހިޔާ ފްލެޓުގެ ހުރިހާ ޓަވަރަކަށް ކަރަންޓާއި ފެން ފޯރުކޮށްދީ މިހާރު ނިމިގައިވާ ކަމަށެވެ. ފެނާއި ކަރަންޓު ނުލިބޭނަމަ ގްރޭސް ޕީރިއަޑްގެ ތިން މަސް ގުނަން ފަށާނީ އެ ޓަވަރަކަށް ކަރަންޓާއި ފެން ލިބުނުކަން އެޗްޑީސީން އިއުލާނުކުރުމުން ކަމަށް ހިޔާ ފުލެޓްތަކުގެ އެއްބަސްވުމުގައި ބުނެފައިވެއެެވެ.

އެޗްޑީސީން ކުރި އިއުލާނުގައި ބުނެފައިވަނީ އިއްޔެގެ ނިޔަލަށް ފްލެޓް އެއްބަސްވުމުގައި ސޮއިކޮށްފައިވާ މީހުންގެ ގްރޭސް ޕީރިއަޑް މިއަދުން ފެށިގެން ހިނގަން ފަށާނެ ކަމަށާއި އަދި، ތިން މަސް ފަހުން ކުލި ނަގަން ފަށާނެ ކަމަށެވެ.

ހިިޔާ ފްލެޓް ލިބުނު މީހުންގެ ތެރެއިން 6،720 ފްލެޓުގެ ވެރިފަރާތާއެކު އެއްބަސްވުމުގައި ސޮއިކޮށް ފުލެޓްތަކުގެ ތަޅުދަނޑި މިހާރު ވަނީ ހަވާލުކޮށްފައެވެ. އެ ފްލެޓްތަކުގެ ފިނިޝިން ނިންމަން ތިން މަސް ދުވަހުގެ މުއްދަތެއް ދިނުމާއެކު ބައެއް މީހުން ވަނީ ހިޔާ ފްލެޓަށް ބަދަލުވެ ދިރިއުޅެންވެސް ފަށާފައެވެ.

ހިޔާ ފްލެޓަށް މިހާރު ވެސް 60 އަށްވުރެ ގިނަ އާއިލާ ބަދަލުވެފައިވާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. ހިޔާ ފުލެޓަށް ބަދަލުވި ނަމަވެސް ދެވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ނުލިބުމާއި ކުނި ނެގޭނެ ގޮތެއް ނެތުން ފަދަ ގިނަ ޚިދުމަތްތަކެއް އަދިވެސް ނުލިބޭތީ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަންބޮޑުވުންތަކާއި ގުޅިގެން އެމްޓީސީސީން މިއަދު ވަނީ ދެ ވަނަ ފިޔަވައްސަށް ބަހުގެ ހިދުމަތް ދޭން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު