ސާފް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ބައްދަލު ކުރި މެޗުގައި ސްރީ ލަންކާ މައްޗަށް ބަންގުލަދޭޝް ކުރި ހޯދައިފިއެެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ލަންކާއާއި ވާދަކޮށް ބަންގުލަދޭޝް ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.



ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ޖެހި މެޗުގެ ހަމައެކަނި ލަނޑު ބަންގުލަދޭޝް އިން ކާމިޔާބުކުރީ ފަހު ހާފުގައި ލިބުނު ޕެނަލްޓީއެއް ގޯލަށް ފޮނުވާލައިގެންނެވެ. އެލަނޑު ބަންގުލަދޭޝަށް ކާމިޔާބުކޮށްދީ ޓީމުގެ ފެށުން ރަނގަޅުކޮށްދިނީ ޑިފެންޑަރު ޓޯޕޫ ބާމަނެވެ. މި ޕެނަލްޓީއަކީ މެޗުގެ 55 ވަނަ މިނެޓުގައި ލަންކާ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއެކެެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއް ޓީމަކަށް ވެސް މާ ބޮޑެތި ހަމަލާ ތަކެއް އުފެެއްދިފައިނުވާ ކަން ފާހަގަކޮށްލެވެއެވެ. ސާފް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި މިރޭ ބައްދަލުކުރާނީ ރާއްޖެއާއި ނޭޕާލެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 21:00 ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން