ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު މިހެން ވިދާޅުވީ ޗައިނާގެ ގައުމީ ދުވަހާއި ގުޅިގެން އެގައުމުގެ ފޮރިން މިނިސްޓަރ ވަންގް ޔީ އާއި، އެގައުމުގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގައެވެ. މިނިސްޓަރ ޝާހިދު ފޮނުއްވި މެސެޖްގައި ވަނީ ޗައިނާއާއި ރާއްޖޭގެ ގުޅުން ކުރިއަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ދެެއްވާފައެވެ.
ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަންނަ އަހަރު 50 އަހަރު ފުރޭކަން ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މި މުނާސަބާ މާލެއާއި ބެއިޖިންގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19ގެ އެންމެ ދަތި އުނދަގޫ ވަގުތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދިން އެހީ ފާހަގަކުރައްވައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާއާ ވަރަށް ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށެވެ.

Sincere greetings to SC&FM Wang Yi, the Govt & friendly people of #China on the auspicious occasion of the 72nd Anniversary of the Founding of the PRC
— Abdulla Shahid (@abdulla_shahid) October 1, 2021
We look forward to greater interactions in the future between 🇲🇻 & 🇨🇳 in enhancing our cooperation. @China_Amb_Mdv@MFA_China pic.twitter.com/gr6j2Jitra
ޝާހިދު ފޮނުއްވި ތަހުނިޔާގެ މެސެޖްގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަންނަ އަހަރު 50 އަހަރު ފުރޭކަން ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ މި މުނާސަބާ މާލެއާއި ބެއިޖިންގައި ވަރަށް ކުލަގަދަކޮށް ފާހަގަކުރާނެ ކަމަށެވެ.
މީގެ އިތުރުން ކޮވިޑް-19ގެ އެންމެ ދަތި އުނދަގޫ ވަގުތުގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދިން އެހީ ފާހަގަކުރައްވައި ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޗައިނާއާ ވަރަށް ގާތުން މަސައްކަތްކުރުމަށް އުންމީދުކުރައްވާކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު