ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީޙުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަން އަލްހާން ފަހްމީ ގޮވާލައްވައިފިއެވެ.
އަލްހާން ފަހްމީ މިކަމަށް ގޮވާލައްވާފައި މިވަނީ، ރައީސް ނަޝީދު އެކި ސަބަބުތަކާއިހުރެ ރާއްޖެ ވަޑައިގެންނެވެން ނެތްކަމަށް ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހްމީ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރާއްޖެއަށް ވަޑައިގަންނަވަން ޢުޒުރުވެރިވެވަޑައިގަންނަވާނަމަ މަޖިލީޙުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވަން އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް ނަޝީދު މަޤާމުން އިސްތިއުފާދެއްވުމަށް އަލްހާން ފަހްމީ ގޮވާލެއްވިއިރު، އިތުރު ބައެއް ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެންނެވެން ނެތްނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ.
މިއަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ބޭސް ފަރުވާގެ ކަންކަން ނިމި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދެއްވުމުންކަމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކަށް އެއްވެސް ހުރަހެއް އަދި ބިރެއް ނެތްކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ ސަލާމަތާ ރައްކާތެރިކަން ދޭނޭކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް @MohamedNasheed ރާއްޖެއަށް ވަޑައިގަންނަވަން ޢުޒުރުވެރިވެވަޑައިގަންނަވާނަމަ، ރައްޔިތުންގެ މަޖްލިހުގެ ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ފެއްވުން އެދެން!
— 𝗔𝗹𝗵𝗮𝗻 𝗙𝗮𝗵𝗺𝘆 - 𝗔𝗙 (@AlhanFahmy) October 1, 2021
ރައީސް ނަޝީދު މަޤާމުން އިސްތިއުފާދެއްވުމަށް އަލްހާން ފަހްމީ ގޮވާލެއްވިއިރު، އިތުރު ބައެއް ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެންނެވެން ނެތްނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވަމުންނެވެ.
މިއަހަރުގެ މޭމަހުގެ 6 ވަނަ ދުވަހު އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށްފަހު ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު ރައީސް ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ ބޭސް ފަރުވާގެ ކަންކަން ނިމި، އެމަނިކުފާނުގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން ކަށަވަރުކޮށްދެއްވުމުންކަމަށެވެ.
މިކަމާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ބުނެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުމަކަށް އެއްވެސް ހުރަހެއް އަދި ބިރެއް ނެތްކަމަށެވެ. އަދި އެމަނިކުފާނަށް ފުރިހަމަ ސަލާމަތާ ރައްކާތެރިކަން ދޭނޭކަމަށް ސަރުކާރުން ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު