ރާއްޖޭގެ އެއަރޕޯޓުތަކުގެ ވީއައިޕީ ޚިދުމަތް އުވާލަންޖެހޭކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދގެ ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވެފައި މިވަނީ، ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވެސް ވަނީ އަމާޒުވެފައެވެ.
ޑރ. ޝަހީދު ވިދާޅުވީ ވީއައިޕީ މުޅިން އުވާލުމަކީ އާއްމުކޮށް އެންމެންނަށް އެއަރޕޯޓުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ ފުރުސަތެއްކަމަށެވެ. އަދި ވަކި ބަޔަކަށް މޮޅު ގޮތް ހެދުމުގެ ސަގާފަތް ދޫކޮށްލަންޖެހޭކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.
"ވީއައިޕީ މުޅިން އުވާލުމަކީ އާއްމުކޮށް އެންމެންނަށް އެއަރޕޯޓުން ލިބޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ލިބޭނެ ފުރުސަތެއް/ ހިތްވަރެއް." ޝަހީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަަޖިލީހުގެ ޚަރަދުގައި މެންބަރުންގެ ރައްޓެހިންނަށް އެއާޕޯޓުގެ ވީއައިޕީގެ ޚިދުމަތް ދިނުމަށް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމިޔަސް، އެނިންމުން މަޖިލީހުގެ އިދާރާއިން ތަންފީޒުނުކުރާނެކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.
މިދިޔަ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންނަށް އެއަރޕޯޓްގެ ވީއައިޕީ ލައުންޖު ބޭނުންކުރުމުގެ ހިދުމަތާ ގުޅޭ ގޮތުން ސިއްރު ބައްދަލުވުމެއް ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ނިންމާފައިވަނީ މެންބަރުންނާއި މެންބަރުންގެ އާއިލާގެ އިތުރަށް އެ މެންބަރަކު އިޚުތިޔާރުކުރާ އިތުރު ދެ މީހަކަށްވެސް ލަައުންޖު ބޭނުންކުރެވޭނެ ކަމަށެވެ.
ކޮމިޓީގެ ނިންމުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާގައި ވިދާޅުވީ އާންމު ކޮމިޓީން ނިންމި ނިންމުމަށް މަޖިލީހުގެ ރިޔާސަތުން ތާއީދުނުކުރާ ކަމަށެވެ. އަދި މި ނިންމުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއްމު ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރައްވަން ނިންމަވައިފައިވާކަމަށް ޒިޔާއު ވިދާޅުވިއެވެ.
މީގެ ކުރިން އޮންނަ އުސޫލުން މެންބަރުންނާއި މެންބަރުންގެ އަނބިންނާއި ފިރިންގެ އިތުރަށް ދަރިންނާއި މައިންބަފައިންނަށް ވީއައިޕީ ލައުންޖް ބޭނުންކުރެވެއެވެ. އަދި ލައުންޖް ބޭނުންކުރުމަށްފަހު ބިލު ފޮނުވަނީ މަޖިލީހަށެވެ.
އެމްޑީޕީގެ ހަތް މެމްބަރުން ހިމެނޭ މަޖިލީހުގެ ޢާއްމު ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައިވާއިރު, މި ކޮމެޓީގެ ނިންމުމަށް ތަޅުމުގައި ވޯޓަށް އަހާކަށް ނުޖެހޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު